Ads by Farudhun

ޚަބަރު

ހަނިމާދޫ މިސްކިތް: މިހާރު ކުރިޔަށްދަނީ ކޮންކްރީޓާ ގުޅުންހުރި މަސައްކަތްތައް

ހަނިމާދޫ މިސްކިތް: މިހާރު ކުރިޔަށްދަނީ ކޮންކްރީޓާ ގުޅުންހުރި މަސައްކަތްތައް

ހަނިމާދޫގައި އިމާރާތްކުރަމުންދާ މިސްކިތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

11 މޭ 2026، 03:17

11 މޭ 2026، 03:17

ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ މިސްކިތުގައި މިހާރު ކުރިޔަށްދަނީ ކޮންކްރީޓާ ގުޅުންހުރި މަސައްކަތްތައްކަމަށް، އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސައިޓުގައި މިހާރު ކުރިޔަށްދަނީ އިތުރު ބީމްތައް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމުގައެވެ.

މި މިސްކިތުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ސަރުކާރުން  އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.



މި މިސްކިތަކީ500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް، 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރަމުންދާ މިސްކިތެކެވެ.

އަދި މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450