ދުނިޔެ
މި ބައްޔަކީ ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ނޫން، އާންމު ރައްޔިތުންނަށް މީގެން އޮތް ނުރައްކާ ވަރަށް ކުޑަ : ޓެޑްރޯސް
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް
"އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ބޯޓެއްގައި ހަންޓާވައިރަސް ފެތުރިފައިވާ މައްސަލައިގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ސްޕެއިންގެ ޓެނެރީފްގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ހާއްސަ ބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާނުގައި ޓެޑްރޯސް ވިދާޅުވީ، މި ބައްޔަކީ ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި، އާންމު ރައްޔިތުންނަށް މީގެން އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށެވެ. ބޯޓުގައި ފެތުރިފައިވަނީ ހަންޓާވައިރަސްގެ "އެންޑީސް" ސްޓްރެއިން ކަމަށާއި، މި ބަލީގައި ތިން މީހަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޯޓުގައި ތިބި މީހުން އެއްގަމަށް ބޭލުމަށް ހަމަޖެހިފައިވަނީ ޓެނެރީފްގެ ގްރަނަޑިލާ ސިނާއީ ބަނދަރަށެވެ. މިއީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު ސަރަހައްދެއް ކަމަށާއި، ބޯޓުން ބާލާ މީހުން އެމީހުންގެ ގައުމުތަކަށް ފޮނުވާލެވޭނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު، އާންމުންނާ ބައްދަލުނުވާނޭ ފަދަ ގޮތަކަށް ކަމަށް ޓެޑްރޯސް ކަށަވަރުކޮށްދެއްވިއެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން، އިންސާނިއްޔަތުކަމަށްޓަކައި ނިންމި ނިންމުމެއްކަން ފާހަގަކުރައްވައި، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މިކަމަށް ދެއްވި އެއްބާރުލުމަށް ޓެޑްރޯސް ޝުކުރު އަދާކުރެއްވިއެވެ. އަދި ބޯޓުގައި ތިބި 23 ގައުމެއްގެ 150 އެއްހާ މީހުންނަށް އެހީތެރިވުމަށް ޓެނެރީފް އިހުތިޔާރުކުރީ އެ ރަށުގައި އެކަށީގެންވާ ސިއްހީ ވަސީލަތްތަކާއި އިންސާނިއްޔަތުކަން ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށާއި، ސިއްހީ ހިދުމަތްތެރިންނަށް ހިތްވަރު ދެއްވުމަށް ޓެޑްރޯސް އަމިއްލަފުޅަށް ޓެނެރީފަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ވައިރަސްތަކަކީ ސިޔާސީ ކަންކަމަށް ބަލާ އެއްޗެއް ނޫން، އަދި ބޯޑަރުތަކަށް އިހުތިރާމްކުރާ އެއްޗެއްވެސް ނޫން. އަހަރެމެންގެ އެންމެ ބޮޑު ރައްކާތެރިކަމަކީ އެކުވެރިކަން،
ޓެޑްރޯސް
ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، ޑަބްލިއު.އެޗް.އޯ އޮތީ ރައްޔިތުންނާ އެކުގައި ކަމުގެ ޔަގީންކަން ޑިރެކްވިދާޅުވިއެވެ.
To the people of Tenerife,
— Tedros Adhanom Ghebreyesus (@DrTedros) May 9, 2026
My name is Tedros, and I serve as the Director-General of the @WHO, the @UN agency responsible for global public health. It is not common for me to write directly to the people of a single community, but today I feel it is not only appropriate, it is… pic.twitter.com/lx05ji4a79