Ads by Farudhun

ޚަބަރު

ރައީސް އޮފީހަށް ގަންނަނީ ކިތައް ކުކުޅުތޯ ބަލަން ވެސް އާރުޓީއައި ހުށަހަޅާ: ތަރުޖަމާނު

ރައީސް އޮފީހަށް ގަންނަނީ ކިތައް ކުކުޅުތޯ ބަލަން ވެސް އާރުޓީއައި ހުށަހަޅާ: ތަރުޖަމާނު

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ---

farudhun logo

ފަރުދުން

29 އޭޕްރީލު 2026، 11:11

29 އޭޕްރީލު 2026، 11:11

ޑިމޮކްރަސީއެއްގައި ކަންހިނގާ އުސޫލުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ނުކުރެވޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަންނަ ކުކުޅުގެ އަދަދު ބަލަން ވެސް "ރައިޓް ޓު އިންފޯމޭޝަން" ފޯމް ހުށަހަޅާކަމަށް، ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯކްސްޕާސަން ވިދާޅުވީ، ދޮގު މަޢުލޫމާތު ހިމަނައިގެން ވީޑިއޯ ހެދުމަކީ ސަރުކާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުން ނޫން ކަމަށާއި، ނޫސްވެރިންގެ ވެސް ޒިންމާއެއް އޮންނަންވާނެ ކަމަށެވެ.

އެގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ކޮންމެ ދުވަހަކު ރައީސް އޮފީހަށް ގަންނަ ކުކުޅުގެ އަދަދު ބަލަން ވެސް އާރުޓީއައި ފޮނުވާކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. އަދި ކުކުޅު ގަތީ ކޮން ފިހާރައަކުން، ކޮން އަގެއްގައިތޯ ވެސް ބަލާކަމަށް ވިދާޅުވިއެވެ. އަދި މިއީ ހަޤީޤަތުގައި ހިނގާ ކަމެއްކަމަށާއި، މިކަމުގެ ބޭނުމަކީ ރައީސް އޮފީހުގެ މުވައްޒަފުން ބިޒީ ކުރުން ކަމަށާއި، އަދި މިފަދަ އާރުޓީއައިއަކަށް ޖަވާބު ނުދިނަސް އެއީ ބަހުސްކުރާނެ ބޮޑު މަޢުޟޫއަކަށް ހަދާނެކަމަށް ވިދާޅުވިއެވެ.

މި މަޢުޟޫގެ ފުނަށް ޖެހިލައި ސްޕޯކްސްޕާސަން ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް "އިއްޒަތުއް ނަފްސު" އޮންނާނެކަމަށާއި، އަދި އެމީހެއްގެ އާއިލާގެ ކުރިމަތީގައި ލަދުގަންނަންޖެހޭ މިންވަރަށް ދޮގު ޚަބަރު ފެތުރުމަކީ ޑިމޮކްރަސީނޫން ކަމަށެވެ.

ކޮންމެ މީހަކަށް ވެސް އިންނަންވާނެ އެމީހެއްގެ އަމިއްލަ ސެލްފް ޑިފެންޑުކުރުމުގެ ރައިޓް، ކޮންމެ މީހަކަށް ވެސް އިންނަންވާނެ ދެއްތޯ އިއްޒަތުއް ނަފްސު، އެމީހެއްގެ ރީތި ނަން ދަމަހައްޓަން ވެސް. މީހެއްގެ އާއިލާ ކުރިމަތީގައި އެ މީހަކު އިސްދަށަށް ޖަހާލާފައި ހުންނަން ޖެހުނީމާ އެއީ ޑިމޮކްރަސީއެއް ނޫނޭ.

ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

މީގެ އިތުރުން ސްޕޯކްސްޕާސަން ވިދާޅުވީ، ނޫސްވެރިކަމުގެ ހުދޫދުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތަކުން އެ ބޭފުޅަކާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ، އެބޭފުޅަކާ އެއްކޮޅަށް ސްޕޯކްސްޕާސަން ހުންނަވާނެ ކަމަށެވެ. 

އަދި ސާބިތުނުހިފޭ ކަމެއްގައި ހެއްކެއްނެތި މީހެއްގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައިފިނަމަ އެމީހަކު ޝަރީއަތަށް ހާޒިރުކުރުވުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމަޢު އެ ވައްޓާލެވެނީ ހަލާކުގެ ތެރެއަށްކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނުހަދާތީ (ތަޙުޤީޤު ނުކުރާތީ) މައްސަލައަކީ. އެހެން ހަދަން އެއްބަޔަކަށް ނުކުރެނީ، ހިތަށް އަރަނީ މިއީ މީޑިއާއޭ، އަޅުގަނޑު އެއްޗެއް ބުނެފިއްޔާ މާގޯސްވާނެއޭ، ސިޔާސީ ގޮތުން ވަރަށް ގެއްލުންވާނެއޭ، ބޮޑަށް ރަނގަޅުވާނީ އަނގައިން ނުބުނެއިނިއްޔާއޭ. ނޫނިއްޔާމު ޕޮލިޓިކަލީ މިއީ މިކަން އޮންނަ ގޮތޭ. އެހެން ހަދަމުން އައީމަ، މިއަދު މި ހާލަތަށް މި އައީ.

ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

ސްޕޯކްސް ޕާސަން ވިދާޅުވީ، ވަކި ހުދޫދެއްގެ ތެރެއިން، އިޖުތިމާއީ ފޭރާން ނުގެއްލޭގޮތަށް ނޫސްވެރިކަމަކީ މި ޤައުމުގައި ތަންމިނަށް ހުޅުވާލާފައި އޮތް ކަމެއްކަމުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450