ޚަބަރު
ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް---
ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓުނު ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް އެ ޒުވާނާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާގައި އަނިޔާވި ހދ. ނޭކުރަންދޫ، ކާމިނީގެ، ހުސައިން ޝިފާޒް، 36، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ މިއަދު ހެނދުނު 9:28 ހާއިރެވެ.
މި ހާދިސާ ހިނގީ މި މަހުގެ 16ވަނަ ދުވަހުއެވެ. އަދި މާލެ ގެނެސް އޭނާއަށް ފަރުވާދީފައި ވަނީ ވެންޓިލޭޓަރުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ 60 ފޫޓުގެ ރުކަކުންނެވެ.