Ads by PNC

ޚަބަރު

ސްރީލަންކާގައި ކުރިއަށްގެންދިޔަ ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމްގައި 20 ޕްރިންސިޕަލުން ބައިވެރިވެއްޖެ

ސްރީލަންކާގައި ކުރިއަށްގެންދިޔަ ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމްގައި 20 ޕްރިންސިޕަލުން ބައިވެރިވެއްޖެ

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

26 މާރިޗު 2026، 05:15

ސްރީލަންކާގެ ކޭ.އައި.ޔޫ ގައި 1 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ "ޕްރިންސިޕަލް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް" ގައި އަތޮޅުތެރޭގެ ސްކޫލްތަކުން ޖުމްލަ 20 ޕްރިންސިޕަލުން ބައިވެރިވެއްޖެއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޒަމާނީ ފެންވަރުގެ ލީޑަރޝިޕް ހުނަރުތަކާއި ސްޓްރެޓީޖިކް ޕްލޭނިންގގެ އުކުޅުތައް ބޭނުންކޮށްގެން، ޕްރިންސިޕަލުންގެ ފަންނީ ޤާބިލުކަން އިތުރުކުރުން ކަމަށެވެ. ހަމަ އެހެންމެ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލްތައް ހިންގުމާއި މެނޭޖްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ކިޔަވައިދިނުމުގެ ދާއިރާގެ ލީޑަރޝިޕާއި، ތަޢުލީމީ އާ އީޖާދުތަކުގެ އިތުރުން، ހަރުދަނާ ގޮތެއްގައި ސްކޫލްތައް ބެލެހެއްޓުމާ ގުޅޭގޮތުން ތަފާތު ލެކްޗަރތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާތަކާއި ޢަމަލީ ގޮތުން ބޭނުންކުރެވޭނެ މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ތަމްރީނުގެ ސަބަބުން، ރާއްޖޭގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ތަޢުލީމީ ނަތީޖާ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި އިލްމު ޕްރިންސިޕަލުންނަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450