ވިޔަފާރި / ޚަބަރު

ބަންކަރިން ޚިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި 38 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިއްޖެ

ބަންކަރިން ޚިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި 38 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިއްޖެ

ބަންކަރިންގެ ޚިދުމަތް ދެނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 މާރިޗު 2026، 11:37

24 މާރިޗު 2026، 11:37

ބަންކަރިން ޚިދުމަތް ފެށިފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި 38 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެ ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް ރެވެނިއުގެ ގޮތުގައި ޖުމްލަ 38،483،879 (38 މިލިއަން ހަތަރު ލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ހަތްދިހަނުވަ މިލިއަން) އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. 

2024ވަނަ އަހަރު މި ޚިދުމަތް ފެށި ފަހުން 55 ހާސްޓަނު އެބަހުރި ވިޔަފާރީގަ ދައުރުކޮށްފައި. އަދި ރެވެނިއުގެ ގޮތުގައި 38،483،879 ޑޮލަރު ލިބިފައިވާއިރު، ޓެކްސްގެ ގޮތުގައި 130،460 ޑޮލަރު ވަނީ ލިބިފައި

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ، ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުގައެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ބޭނުންކުރަމުންދަނީ 4،000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ. ރާއްޖެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓާއި އެހެން ބޯޓުތަކަށް ތެޔޮ އަޅައި ދެނީ އެކި އެ ބޯޓު އޮންނަ ސަރަހައްދަކުންނެވެ.

ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ، މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށްވުރެ ފުޅާކޮށް މި ޚިދުމަތް ދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450