Ads by PNC

ޚަބަރު

ޓީބީ ޖެހިފައިވާ ބަލިމީހުންނާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭ: މެޑަމް ސާޖިދާ

ޓީބީ ޖެހިފައިވާ ބަލިމީހުންނާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ، ޞިއްޙީ ވަޒީރާއެކު/ފޮޓޯ: ރައީސް އޮފީސް

24 މާރިޗު 2026، 10:49

ޓީބީ ޖެހިފައިވާ ބަލިމީހުންނާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އެކަމަނާ ވިދާޅުވީ، ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ޤަބޫލުކުރަންޖެހޭ އެއް ހަޤީޤަތަކީ، މިއީ ހަމައެކަނި ތަފާސްހިސާބުތަކުން ދައްކާލާ ޢަދަދުތަކެއް ނޫން ކަމަށެވެ. ނަމަވެސް، މި ބަލިޖެހޭ ކޮންމެ މީހަކީ ވެސް އެމީހެއްގެ އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރައި، ޢާއިލާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް ރާވާފައިވާ ކަންކަން މެދުކަނޑާލަން ޖެހިފައިވާ މީހެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ޓީބީއަކީ ދުރާލައި ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔެއް ނަމަވެސް، މުޖުތަމަޢުގައި މި ބައްޔާ މެދު އޮންނަ ނުރަނގަޅު ތަސައްވުރާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ގިނަ ބަޔަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ހޯދުމަށް ހުރަސްތަކާ ކުރިމަތިވެފައިވާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މި ބަލި ނައްތާލުމަކީ ހަމައެކަނި ބޭސްފަރުވާ ކުރުމެއް ނޫންކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމާއި، ބައްޔާ ބެހޭ ސައްޙަ މައުލޫމާތު ފެތުރުމާއި، ބަލިމީހާއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކުރަންޖެހޭކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރައްކާތެރިވެވޭނެ ގޮތާއި ފަރުވާ އެނގޭ ބައްޔެއްގެ ސަބަބުން އެއްވެސް މީހަކު އިތުރަށް ތަކުލީފު އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރެވޭނެކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450