ޚަބަރު
ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ރޭގެ ވަޤުތެއްގައި މައްކާގައި ނިޔާވެއްޖެ
ޢުމްރާއަށް ދިޔަ ދިވެހިންތަކެއް/ފޮޓޯ: ޕީއެސްއެމް
ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ރޭގެ ވަޤުތެއްގައި މައްކާގައި ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ މ. ވެލިވަނި އިބްރާހިމް ރަަޝީދެވެ. އޭނާ ނިޔާވެފައި ވަނީ ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރޭގެ ވަޤުތެއްގައި މައްކާގައެވެ. މިމީހާ ޢުމްރާގެ އަޅުކަމަށް ގޮސްއުޅެނީ، ކޮން ޖަމާޢަތެއްގެ ހަވާލުގައިކަން އަދި ސާފުނުވާއިރު، އޭނާގެ ޖަނާޒާ ރޭ ފަތިހު މަސްޖިދުލް ޙަރާމްގައި ވަނީ ބާއްވާފައެވެ.
މީގެ 6 ދުވަސް ކުރިން ވެސް ދިވެހި ޢުމްރާވެރިއަކު މައްކާގައި ނިޔާވެފައިވާއިރު، އޭރު ނިޔާވީ ޙިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔަ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމް ދީދީއެވެ. އެއީ ޢުމުރުން 86 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ޖަނާޒާ ވެސް ވަނީ މަސްޖިދުލް ޙަރާމްގައި ބާއްވާފައެވެ.
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި އެކި ގްރޫޕްތަކުގެ ހަވާލުގައި 1600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާގެ މާތް ބިމުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.