Ads by PNC

ޚަބަރު

ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

ތުނޑު ކުނާ ބެހެއްޓުން/ފޮޓޯ: ވުޒާރާ

21 މާރިޗު 2026، 01:30

ނިއު ޔޯކުގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ. މި ތުނޑު ކުނަލަކީ ދިވެހިރާއެްޖެ އިން އ.ދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާ އެކެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އ.ދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އ.ދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

އ.ދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދ. ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ. މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އ.ދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އ.ދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެކެވެ.

އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ. ގައްދޫގެ ބޭފުޅެއްކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450