ދުނިޔެ

ލުބުނާނުގެ ބައިރޫތުގެ ހޮޓަލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

ލުބުނާނުގެ ބައިރޫތުގެ ހޮޓަލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

ލުބްނާންގެ ބައިރޫތްގެ ހޮޓަލަކަށް އިސްރާއިލުން ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 11:02

08 މާރިޗު 2026، 11:02

ލުބުނާނުގެ ވެރިރަށް ބައިރޫތުގެ މެދުތެރޭގައި ހުރި ހޮޓަލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާއަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބައިރޫތުގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއް ކަމަށްވާ ރައޫޝޭގައި ހުރި ހޮޓަލެއްގެ ކޮޓަރިއަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ހަތަރު މީހުން މަރުވުމުގެ އިތުރުން 10 މީހަކު ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. ރައޫޝޭ ސަރަހައްދަކީ މީގެ ކުރިން އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގައި ވެސް ހަމަލާއެއް އަމާޒުވެފައި ނުވާ އަމާން ސަރަހައްދެކެވެ.

މި ހޮޓަލަކީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުންނާއި ބައިރޫތުގެ ދެކުނު ސަރަހައްދުތަކުން ހަނގުރާމައަށް ފިލައިގެން އައިސް ތިބި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ތަނެކެވެ. ހަމަލާއަށްފަހު އިތުރު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ގިނަ ބަޔަކު ވަނީ އެ އިމާރާތް ދޫކޮށް ގޮސްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ބަޔާން
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި އަމާޒުކޮށްފައިވަނީ އައިއާރުޖީސީގެ ގުދުސް ފޯސްގެ އިސް ކޮމާންޑަރުންނަށް ކަމަށެވެ. "ގުދުސް ފޯސްގެ ލުބުނާން ކޯޕްސްގެ ކޮމާންޑަރުން މަސައްކަތް ކުރަމުންދިޔައީ އިސްރާއީލު ދައުލަތަށާއި އާންމުންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް،" އިސްރާއީލުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް މަރުވި ކޮމާންޑަރުންގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ހާލަތު ގޯސްވަނީ
ލުބުނާނުގެ ހެލްތު މިނިސްޓަރު ރަކާން ނާސިރުއްދީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 394 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 83 ކުޑަކުދިންނާއި 42 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، ރެސްކިއު މަސައްކަތުގައި އުޅުނު ނުވަ މީހަކު ވެސް ވަނީ މަރުވެފައެވެ.

މި ހަމަލާތަކާ ގުޅިގެން ހިޒްބުﷲ އިން ވެސް ދަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. އަދި ބޯޑަރު ކައިރީގައިވާ އައިތަރޫން އަވަށުގައި އިސްރާއީލުގެ ސިފައިންނާއި ހިޒްބުﷲ ގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450