ދުނިޔެ

އީރާނުން ސައުދީ އާއި ޔޫއޭއީއަށް މިސައިލް ހަމަލާތަކެއް ދީފި. ގަތަރަށް ޑްރޯން ހަމަލާތަކެއް

އީރާނުން ސައުދީ އާއި ޔޫއޭއީއަށް މިސައިލް ހަމަލާތަކެއް ދީފި. ގަތަރަށް ޑްރޯން ހަމަލާތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މާރިޗު 2026، 12:35

07 މާރިޗު 2026، 12:35

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ސައުދީ އަރަބިއްޔާގެ އަލްޚާޖްގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ސައުދީ ދިފާއީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ.

ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކުރި ގޮތުގައި، ޝައިބާ ތެޔޮ ވަޅުތަކަށް އަމާޒުކޮށް ފޮނުވާލި ހަ ޑްރޯނެއް ވެސް ވަނީ ވައްޓާލާފައެވެ. މީގެ އިތުރުން ރިޔާޟްގެ އިރުމަތީ ސަރަހައްދުން ވެސް ޑްރޯނެއް ހުއްޓުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރޭނުގެ ދާޚިލީ ވުޒާރާއިން ވަނީ ރައްކާތެރި ތަންތަނަށް ވަނުމަށް އާންމުންނަށް އިންޒާރު ދީފައެވެ.

ގަތަރުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި ހުކުރު ދުވަހު އެ ގައުމަށް އީރާނުން 10 ޑްރޯން ފޮނުވާލާފައިވެއެވެ. މީގެ ތެރެއިން ނުވަ ޑްރޯން ވައްޓާލާފައިވާއިރު، އެއް ޑްރޯން ވަނީ ފަޅު ސަރަހައްދަކަށް ވެއްޓިފައެވެ. މި ހާލަތާ ގުޅިގެން ގަތަރުގެ ވައިގެ ދަތުރުފަތުރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، މީހުން ހުސްކުރުމަށް ބޭނުންވާ މަދު ފްލައިޓްތަކަކަށް ހާއްސަ މަގުތަކަކުން ހުއްދަ ދޭން ފަށާފައެވެ.

އެކުވެރި އަރަބި އިމާރާތުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ އީރާނުން އައި މިސައިލްތަކާއި ޑްރޯންތަކަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ދެމުންދާކަން ކަށަވަރުކޮށްދީފައެވެ. ދުބާއީގެ އެކި ހިސާބުތަކަށް އިވުނު ގޮވުމުގެ އަޑުތަކަކީ މިސައިލްތައް ހުއްޓުވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް އެ ގައުމުން ބުނެއެވެ. ދުބާއީ އެއާޕޯޓަށް ޖައްސަން އައި ބައެއް ފްލައިޓްތައް މިހާރު ވަނީ ވައިގެ ތެރޭގައި މަޑުކުރަން ޖެހިފައެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ޒައިން ބަސްރަވީ ދޯހާއިން ބުނި ގޮތުގައި، އީރާނުގެ ހަމަލާތަކުގެ އަދަދު މަދުވި ނަމަވެސް، މިފަދަ މަދު ހަމަލާތަކެއްގެ ސަބަބުން ވެސް ދުނިޔޭގެ ތެލުގެ ބާޒާރަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދެއެވެ. ގަލްފުގެ އިތުރުން އުރުދުންގެ އަގަބާ ސިޓީގެ މަތިން ވެސް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކަކީ އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކެކެވެ. އިޒްރޭލަށް އަމާޒުކޮށް އީރާނުން ކޮންމެ ދުވަހަކުވެސް ހަމަލާތައް ފޮނުވަމުންދާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450