Ads by Stelco

ޚަބަރު

ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ގެ ދެވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ގެ ދެވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްސީއެސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ފެބްރުއަރީ 2026، 07:54

11 ފެބްރުއަރީ 2026، 07:54

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން 'ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ' ޕްރޮގްރަމްގެ ދެވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި،  ދަޢުވަތު އެރުވި މެޙެމާނުން ބައިވެރިވެލެއްވިއެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މި ކޯހުގައި ބައިވެރިވި 19  ބައިވެރީން ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށް ކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މިއީ އެ ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެއްކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ. އަދި މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާޞިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިވަނީ ދީފައެވެ.

އެގޮތުން، މި ޕްރޮގްރާމްގެ 'ބެސްޓް އޯލް ރައުންޑް' އަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް އައިހަމް ޢަބްދުﷲ ހޮވިފައިވާއިރު، ޕްރޮގްރާމްގެ 'ފިޓަސްޓް ފިރިހެން' އޮފިސަރަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ނިޝާމު ޢަބްދުލްބާރީއެވެ. މީގެ އިތުރުން، ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަކަށް ޕްރިޒަން ޕްރައިވެޓް ޝާމް މުޙައްމަދު ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޙަސަން ފަރީޙް މުޙައްމަދުއެވެ. ހަމަ އެއާއެކު، 'އެންމެ މޮޅު ޕްލެޓޫން' އަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވެ، ޕްރިޒަން އޮފިސަރުންގެ ހުވާ ކުރެއްވި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ކަރެކްޝަންސްއަކީ ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށެވެ. އަދި ދަސްވެނިންނަށް ލިބުނު ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކުރާ ހުވާގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، އެ ހުވާގެ މަތީގައި ދެމި ތިބެ، ޔުނީފޯރމް ވިއްކާ ނުލުމަށާއި، ސީނިއަރ އޮފިސަރުންގެ އިރުޝާދާއި ތަޖުރިބާގެ ބޭނުން ހިފުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ލޯބި އަށަގަނަވުމަށް މަސައްކަތްކުރުމަށާއި އެކަމުގައި ސާބިތުވެ ދެމިތިބުމަށް ކޮމިޝަނަރ ނަޞޭޙަތްތެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450