Ads by Stelco

ޚަބަރު

ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް ފަސޭހަކޮށް ޑޮލަރު ގަނެވޭނެ އިންތިޒާމެއް ހަމަޖައްސައިފި

ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތަކަށް ފަސޭހަކޮށް ޑޮލަރު ގަނެވޭނެ އިންތިޒާމެއް ހަމަޖައްސައިފި

ޙައްޖުވެރިއަކު ފުރުމަށް އެއާރޕޯޓުގައި / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

04 ފެބްރުއަރީ 2026، 07:54

04 ފެބްރުއަރީ 2026، 07:54

މި ރަމަޟާން މަހު އުމްރާއަށް ދާ ފަރާތްތަކަށް ފަސޭހަކޮށް ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން މި ޚިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯއެވެ. އެގޮތުން މި މަހުގެ 8 އިން ފެށިގެން 26ގެ ނިޔަލަށް، ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް މި ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ. 

ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން 500 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާއިރު، އެކަކަށް ގިނަވެގެން 5 ޢުމްރާވެރިންގެ ބަދަލުގައި ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަންނަން ދާއިރު ޢުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހެއެވެ. އަދި ބަދަލުގައި މީހަކު ދާނަމަ، އެމީހެއްގެ އައިޑީ ކާޑުގެ އަސްލުވެސް ގެންދަން ޖެހޭނެއެވެ.

ބީއެމްއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މުޢާމަލާތްތަކަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކޮށްގެން ކަމަށެވެ. އަދި ނަގުދު ފައިސާއިން ޑޮލަރު ގަތުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.

މީގެއިތުރުން ގްރޫޕްތަކުގައި ނުހިމެނޭ އެހެނިހެން ޢުމްރާވެރިންނަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަނެވޭނެއެވެ. މިގޮތަށް ބުކިންގ ހަދާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުންނެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި މުއްދަތުގައި މާލެ ސަރަޙައްދުގެ ބައެއް ބްރާންޗުތަކުން (މެއިން ބްރާންޗް، އިސްލާމިކް ބްރާންޗް، ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް) ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގެ ބްރާންޗުތަކުން އާންމު އުސޫލުން މި ޚިދުމަތް ލިބޭނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450