Ads by Stelco

ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ ދެ މަސްބޯޓު ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2026، 08:27

02 ފެބްރުއަރީ 2026، 08:27

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ބޯޓުތައް އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ 1ވަނަ ދުވަހުގެ މެންދުރުފަހު 14:02 ހާއިރު ކަމަށެވެ. މި ބޯޓުތައް ފެނިފައި ވަނީ ހއ. ކެލާގެ އިރުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވަނިކޮށެވެ.

މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި، އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ދަނީ ކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450