ޚަބަރު
މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
ސްޓެލްކޯ/ފޮޓޯ: އެޓޯލް ޓައިމްސް
މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މިއަދު، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.
އެގޮތުން، ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި މާލެ ސިޓީ، ހަނދުވަރީ ހިނގުން އަދި މުނިޔާ މަގު ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހު 14:00 އާއި 16:30 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ، ހަނދުވަރީ ހިނގުން އަދި މުނިޔާ މަގު ހިމެނޭ ސަރަޙައްދުން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި މެންދުރު 16:30… pic.twitter.com/MZ3VEMmJXW
— STELCO (@STELCOMALDIVES) February 1, 2026