ކުޅިވަރު
ދުބާއީގައި އޮތް އެތުލެޓިކްސް މުބާރާތެއްގައި ރާއްޖޭގެ ނާއިކު 2 ރަން މެޑަލް ހޯދައިފި
ރަން މެޑަލްތަކާއެކު ނާއިކު---
ފަރުދުން
31 ޖެނުއަރީ 2026، 06:34
31 ޖެނުއަރީ 2026، 06:34
ދުބާއީގައި އޮތް ޖަމްޕް ފެސްޓިވަލްގައި ބައިވެރިވި ރާއްޖޭގެ ޔޫސުފް ނާއިކް ވަޖީހު އޭއައިއެސް އެތުލެޓިކްސް މުބާރާތެއްގައި ރާއްޖޭގެ ނާއިކު 2 ރަން މެޑަލް ހޯދައިފިއެވެ.
ނާއިކް ރަން މެޑަލް ހޯދީ ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުންނެވެ.
ހައި ޖަމްޕްގެ ގައުމީ ރެކޯޑްވެސް އޮންނަ ނައިކް ވަނީ 1.92 މީޓަރަށް ފުންމައިގެން އޭނާގެ ކުރީގެ ރިކޯޑު އައުކޮށްފައެވެ. އޭނާ އަތުގައި ގައުމީ ރިކޯޑް އޮންނަނީ 1.88 މީޓަރަށް ފުންމައިގެންނެވެ.
ޔޫއޭއީގައި ކޯޗު ކޭޓް އަންސޮންގެ ބެލުމުގެ ދަށުން ނާއިކް ވަނީ އެއްމަސް ދުވަހުގެ ހައި ޖަމްޕް ޓްރޭނިން ޕްރޮގްރާމެއްވެސް ފުރިހަމަކޮށްފައެވެ.