Ads by Ministry of Arts, Culture and Heritage

ޚަބަރު

ތިލަފުށިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަފުށިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަފުށި ފަޅުތެރޭގައި އޮތް ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަނީ / ފޮޓޯ: ވެމްކޯ

farudhun logo

ފަރުދުން

29 ޖެނުއަރީ 2026، 06:15

29 ޖެނުއަރީ 2026، 06:15

ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މީހާގެ ޚަބަރެއް ނުވެގެން، އެ މައްސަލަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހާ މަރުވެފައި އޮއްވައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މީހާގެ ހަށިގަނޑު ފެނުނުކަން ހާމަކުރި ނަމަވެސް، މިކަމުގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450