ދުނިޔެ

ތެހެރާންގައި ހުންނަ ފަލަސްތީނުގެ ސަފީރުގެ ގެކޮޅަށް ބަޔަކު ވަދެގަނެ ހަމަލާދިނުމުން ސަފީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ތެހެރާންގައި ހުންނަ ފަލަސްތީނުގެ ސަފީރުގެ ގެކޮޅަށް ބަޔަކު ވަދެގަނެ ހަމަލާދިނުމުން ސަފީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ތެހެރާންގައި ހުންނަ ފަލަސްތީނުގެ ސަފީރު ސަލާމް އަލް-ޒަވާވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖެނުއަރީ 2026، 02:31

19 ޖެނުއަރީ 2026، 02:31

އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ފަލަސްތީނުގެ ސަފީރު ސަލާމް އަލް-ޒަވާވީ ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ބަޔަކު ވަދެގަނެ ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން، އެކަމަނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ތެހެރާންގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގެ ތެރޭގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ހިމެނޭ ގްރޫޕަކުން ސަފީރުގެ ގެކޮޅަށް ވަދެގަނެ، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މި ހަމަލާ ދިން މީހުން ވަނީ ގޮވާތަކެއްޗާއި އަލިފާން ބޭނުންކޮށްގެން ގެކޮޅަށް ވަދެގަނެ، އެތަނުގައި ތިބި މީހުންނަށް އިންޒާރުދީފައެވެ.

ހަމަލާގެ ވަގުތުގައި ސަފީރު އަލް-ޒަވާވީ އާއި އެކަމަނާގެ އެހީތެރިން ވަނީ ރައްކާތެރިކަން ހޯދުމަށްޓަކައި ގެކޮޅުގެ ބިންގަރާހަށް ވަދެފައެވެ. ނަމަވެސް، ހަމަލާދިން މީހުން އިމާރާތުގެ ތެރެއަށް ވަދެގަތުމުގެ ސަބަބުން، ދުމުގެ އަސަރުކޮށްގެންނާއި އެކިވަރުގެ އަނިޔާތައް ލިބިގެން ސަފީރާއި އެމްބަސީގެ ބައެއް މުވައްޒަފުންނަށް ވަނީ ފަރުވާދޭން ޖެހިފައެވެ.

އިމާރާތުގެ ތެރޭގައި ތިބި ސަފީރުގެ އާއިލާގެ މެންބަރުންނާއި މުވައްޒަފުން ބިންގަރާހުގައި ތާށިވެފައި ތިއްބާ، އެމީހުން ސަލާމަތްކޮށްފައިވަނީ އިރާނުގެ ސަލާމަތީ ބާރުތަކުން އެ ސަރަހައްދަށް ގޮސް ހަމަލާދިން މީހުންނާ ކުރިމަތިލައި، މަސްލަހަތު ކޮންޓްރޯލް ކުރުމަށްފަހުގައެވެ.

އިމާރާތުން ނެރުނު މީހުންގެ ތެރެއިން ސަފީރު އަލް-ޒަވާވީ ވަނީ އިތުރު ފަރުވާއަށް ވަގުތުން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އެމްބަސީގެ އެހެން މުވައްޒަފުންނަށްވެސް މެޑިކަލް ޓީމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450