ދުނިޔެ

ޕާކިސްތާނުގެ ކަރާޗީގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 03:38

18 ޖެނުއަރީ 2026، 03:38

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ކާރޫބާރޫ ބޮޑު ޝޮޕިން މޯލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ހަ މީހުން މަރުވެ، 20 މީހުންނަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކަރާޗީގެ ގުލް ޕްލާޒާ ޝޮޕިން މޯލްގައެވެ.

ހޮނިހިރު ދުވަހު ފެށުނު މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ ފައިޓަރުން ގިނަ ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ. އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް އޮފިޝަލުން ވިދާޅުވި ގޮތުގައި އަލިފާންގަނޑުގެ ގާތްގަނޑަކަށް 30 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ސައުތު ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ސަޔަދު އަސަދު ރަޒާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު ފަހުން ވަނީ އިތުރުވެފައެވެ. އެދީ ފައުންޑޭޝަނުން ވަނީ ހަވަނަ މީހަކު މަރުވިކަން ކަށަވަރުކޮށްދީފައެވެ.

ގާތްގަނޑަކަށް 1،200 ފިހާރަ ހިމެނޭ މި މޯލްގެ ތެރޭގައި އިތުރު ބަޔަކު ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އޮތް އިރު، އަލިފާނުގެ ސަބަބުން އިމާރާތުގެ ބައެއް ބައިތައް ވެއްޓިފައިވާ ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ. މީގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފުލުހުންގެ އޮފިސަރ މުހުސިން ރަޒާ ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުގައި އަލިފާން ރޯވާން ދިމާވީ އެތަނުގެ ފިހާރައެއްގައި ހިނގި ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ. ނަމަވެސް، ހާދިސާގެ އަސްލު ސަބަބު ދެނެގަނެވޭނީ ފުރިހަމަ ތަހުގީގަކަށް ފަހު ކަމަށާއި، އިތުރު ގެއްލުމެއް ވިޔަނުދިނުމަށްޓަކައި އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. ބޮޑުވަޒީރު ޝަރީފް ވަނީ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަނިޔާވި މީހުންނަށް އެންމެ ފުރިހަމަ ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450