Ads by Stelco

ޚަބަރު

ދިވެހީންގެ ދީލަތި އެހީއާއެކު، ޝައިޚް އިބްރާހިމްގެ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފި

ދިވެހީންގެ ދީލަތި އެހީއާއެކު، ޝައިޚް އިބްރާހިމްގެ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފި

ޝެއިޚް ރާއްޖެއިން ބޭރަށް ފުރުމަށް އެއަރޕޯޓުގައި/ފޮޓޯ: އެހީ ޖަމިއްޔާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޖެނުއަރީ 2026، 01:24

03 ޖެނުއަރީ 2026، 01:24

ދިވެހީންގެ ދީލަތި އެހީއާއެކު، ޅ. އަތޮޅު ނައިފަރަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ) ގެ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފިއެވެ.

މިކަމާއި ގުޅިގެން 'އެހީ ޖަމިއްޔާ' އިން ކުރި ޕޯސްޓެއްގައި ބުނީ، ޝެއިޚް ފުރާފައި ވަނީ ދިވެހިންގެ ދީލަތި އެހީއާއެކު ކަމަށެވެ. އަދި ޝެއިޚަށް އެހީތެރިވުމަށް ހުޅުވާލި ފުރުޞަތު ދިވެހީން ބަލައިގަތީ ލޯތްބާއި އިހްތިރާމާއެކުގައި ކަމަށާއި، ޝެއިޚް ހެޔޮ ހާލުގައި ވުމަށް އެދޭ އެތައް ހާސް ދިވެހިންނެއް އެބަ ތިބިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހަމަ އެހެންމެ، ޝެއިޚަށް މިހާރު ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާ ކަމަށްވެސް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ޝެއިޚް މުޙައްމަދު އިބްރާހިމްގެ ދެ ލޮލުގެ ފެނުން ގެއްލިފައިވާތީ، އެކަމަށް ފަރުވާ ހޯދުމަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ "އެހީ" ޖަމިއްޔާއިންނެވެ. މި މަސައްކަތަށް ޚާއްޞަކޮށް، ފައިސާ ލިބޭ މިންވަރު ވަގުތުން ބަލާލެވޭނެ "އެދިހަ" ނަމަކަށް ކިޔާ ޚާއްޞަ ޕޯޓަލެއް ވެސް އެ ޖަމިއްޔާއިން ވަނީ ތައްޔާރުކޮށްފައެވެ. މި އެހީ ހޯދުމުގެ މަސައްކަތް ފެށިއިރު، އެހީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ޝެއިޚްގެ ފަރުވާގެ ފުރަތަމަ ދަތުރަށް ބޭނުންވަނީ 20،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 308،000 ރުފިޔާއެވެ.

ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ލިބުނު ބޮޑު އެއްބާރުލުމާއެކު، "އެދިހަ" ޕޯޓަލުން ފެންނަ ގޮތުގައި އެހީއަށް ހުޅުވާލި ފުރަތަމަ 13 ގަޑިއިރުގެ ތެރޭގައި 407،949 ވުރެ ގިނަ ރުފިޔާ ވަނީ ޝެއިޚްގެ ފަރުވާއަށް ލިބިފައެވެ. މިއީ ޝެއިޚް ނައިފަރީއަށް ދިވެހި މުޖުތަމަޢުގައި އޮތް ޤަދަރާއި މަޤުބޫލުކަން ހާމަކޮށްދޭ ކަމެކެވެ.

ޝެއިޚް މުޙައްމަދު އިބްރާހިމަކީ، ދިވެހި ދީނީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެންމެ ފުރަތަމަ ހިސްނުލް މުސްލިމްގެ ތަރުޖަމާ ދިވެހި ބަހަށް ނެރުއްވީ ޝެއިޚްއެވެ. އޭގެ އިތުރުން ކިތާބުއް ތައުހީދުގެ ދަރުސްތަކުގެ އޯޑިއޯތައް ވެސް ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ދައުރުވެފައި ވެއެވެ. ދަރުސްތަކުގެ އިތުރުން ޝެއިޚް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފައެވެ.

ޝެއިޚް މުޙައްމަދު އިބްރާހިމް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވާ އަދި ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލާސާ، އަދި ކިތާބުއް ސަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެއެވެ. މި ފޮތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދީނީ ޢިލްމު އުނގެނުމަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައި ވެއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ފައިސާ ހަމަވުމަކީ، ޝެއިޚްގެ ޚިދުމަތްތަކަށް މުޖުތަމަޢު ދޭ އަގު ވަޒަންކުރެވޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450