Ads by Stelco

ޚަބަރު

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލައިފި

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުން/ފޮޓޯ: އެމްޑަބްލިއުއެސްސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޖެނުއަރީ 2026، 12:19

03 ޖެނުއަރީ 2026، 12:19

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'އަމާން އުދަރެސް' އަދި 'އަމާން ހިޔާ' ގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ޤާއިމުކޮށް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މި މަސައްކަތަކާއެކު، މިހާރު އެފްޑީސީގެ ހުރިހާ ފްލެޓަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ވިދާޅުވެފައެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި މި މަސައްކަތް މިހިނގާ ޖަނަވަރީ މަހުގެ ނިޔަލަށް އެއްކޮށް، ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެފްޑީސީން ވަނީ  ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450