ސައިންސް / ދުނިޔެ

ޖަޕާނުގެ އުޑުމަތިން ބޮޑު އަލިގުޅައެއް ފެނިއްޖެ

ޖަޕާނުގެ އުޑުމަތިން ބޮޑު އަލިގުޅައެއް ފެނިއްޖެ

ޖަޕާނުގެ އުޑުމަތިން ފެނުނު އަލިގުޅަ ފޮޓޯ: ސޯޝަލް މީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޑިސެމްބަރު 2025، 02:47

27 ޑިސެމްބަރު 2025، 02:47

ޖަޕާނުގެ ހުޅަނގު ސަރަޙައްދުގެ އުޑުމަތިން ބޮޑު އަލިގުޅައެއް ފެނި، އެތައް ބަޔަކަށް ސިހުން ލިބި، ތަރިތަކުގެ އިލްމުވެރިން  ހައިރާންކޮށްލައިފިއެވެ. ނަމަވެސް މާހިރުން ބުނެފައިވަނީ މިއީ ގުދުރަތީ ކަމެއް ކަމަށާއި، ބޭރު ދުނިޔޭގެ ކަމެއް ނޫން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 11:00 ޖެހުމުގެ ފަހުންނެވެ. މި އަލިގުޅަ އެތައް ސަތޭކަ މޭލަށް ފެނިފައިވެއެވެ. މި އަލިގުޅަ ފެނުނު ވަގުތުގެ ވީޑިއޯތަކާއި ފޮޓޯތައް ވަނީ އޮންލައިންކޮށް ވަރަށް ބޮޑަށް ފެތުރިފައެވެ.

މިޔާޒަކީ ޕްރެފެކްޗާގައި ކާރު ދުއްވަން ހުރި ޔޯޝިހިކޯ ހަމަހަތާ، ޢާންމު ހިދުމަތްދޭ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އަށް މައުލޫމާތު ދެމުން ބުނީ، "ކުރިން އެއްގޮތަކަށް ވެސް ނުދެކޭ ކަހަލަ އަލިގުޅައެއް މަތިން ދިޔައިރު، ވަށައިގެން ހުރި ގޭގޭގެ ސާފުކޮށް ފެންނަ ވަރަށް އަލިވި ، ދުވާލުހެން ހީވީ ، ކުޑަ ވަގުތުކޮޅަކަށް ވީގޮތެއް ނޭނގެ، ވަރަށް ހައިރާންވީ." މިހެންނެވެ.

ޖަޕާނުގެ ހުޅަނގު ދެކުނުގެ ކަގޯޝީމާ ސަރަހައްދުގައި ހުންނަ ސެންޑާއީ ސްޕޭސް މިއުޒިއަމްގެ ވެރިޔާ، ތޮޝިހިސާ މާއެޑާ ވިދާޅުވީ، މިއީ އާދަޔާ ހިލާފަށް އަލިކަމަށް ހުރި ވަރަށް ބޮޑު ތަރިއެއް (މިޓިއޯއެއް) ކަމަށެވެ. އެ ތަރި ވެއްޓިފައިވަނީ ޕެސިފިކް ކަނޑަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީހުންނަށް ވައި ޖެހުނު އިހުސާސްވި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް މާއެޑާ ވިދާޅުވިއެވެ. އަދި އެ އަލިގުޅައިގައި ހަނދެއްހާ އަލިކަން ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާސާގެ މައުލޫމާތުތައް ބުނާ ގޮތުގައި، މިފަދަ އަލިގުޅަތައް 3 މީޓަރަށް ވުރެ ބޮޑުވެދާނެއެވެ. ޖައްވުގެ ތެރޭގައި ގޮވާ އަލިގުޅަތަކަށް ޓެކްނިކަލީ ކިޔަނީ ބޮލައިޑް އެވެ. ނަމަވެސް ޢާންމުކޮށް އަލިގުޅަ (ފަޔަރބޯލް) މި ލަފުޒު ބޭނުންކުރެވެނީ އެއް މާނައެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450