ދުނިޔެ

ބިސާނުގައި އިޒްރާއިލްގެ ޔަހޫދީން ތަކަކަށް ދިން ހަމަލާއަކާ ގުޅިގެން އިޒްރާއީލު ރައްޔިތުން ހަތިޔާރު އެޅުމަށް ބެން-ގަވީރު ގޮވާލައިފި

ބިސާނުގައި އިޒްރާއިލްގެ ޔަހޫދީން ތަކަކަށް ދިން ހަމަލާއަކާ ގުޅިގެން އިޒްރާއީލު ރައްޔިތުން ހަތިޔާރު އެޅުމަށް ބެން-ގަވީރު ގޮވާލައިފި

ބެން-ގަވީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ޑިސެމްބަރު 2025، 01:03

27 ޑިސެމްބަރު 2025، 01:03

ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިސާނުގައި އިޒްރާއިލްގެ ޔަހޫދީން ތަކަކަށް ދިން ހަމަލާއަކާ ގުޅިގެން އިޒްރާއިލް ރައްޔިތުން ހަތިޔާރު އެޅުމަށް ބެން-ގަވީރު ގޮވާލައިފިއެވެ.

ބެން-ގަވީރު ބުނެފައިވަނީ ބިސާނުގައި ދިން މި ހަމަލާއިން ސާބިތުވެގެން ދިޔައީ ހަތިޔާރުގެ ސަބަބުން ފުރާނަ ސަލާމަތްކުރެވޭކަން ކަމަށެވެ.

ހުކުރު ދުވަހު ބީސާންގައި ހިނގި މި ހާދިސާގައި އިޒްރާއިލްގެ ދެމީހަކު މަރުވެ، އިތުރު ހަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އިޒްރާއީލުގެ އިމަޖެންސީ ޚިދުމަތްތަކުން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ ތިން ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި ކާރުން ޖައްސައި މީހަކު މަރާލުމާއި، ވަޅިން ހަމަލާދީ އަންހެނަކު މަރާލުން ހިމެނެއެވެ. މި ހަމަލާ ދިން ފަލަސްތީނު ޒުވާނާގެ ގަޔަށް ފުލުހުން ބަޑިޖަހައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހަމަލާ ހިނގި ސަރަހައްދުގައި ހުރެ ބެން-ގަވީރު ބުނެފައިވަނީ، ހަމަލާ ދިން މީހާ ހުއްޓުވީ ހަތިޔާރު އަޅައިގެން ހުރި އާންމު ރައްޔިތެއް ކަމަށާއި، އެއީ މަރުވި މީހުންގެ އަދަދު އިތުރުވިޔަނުދީ ހިފެހެއްޓުނު މައިގަނޑު ސަބަބު ކަމަށެވެ. އޭނާ ވަނީ ހަތިޔާރުގެ ލައިސަންސް ހޯދުމަށް ދީފައިވާ ލުއިތަކުގެ ބޭނުން ހިފައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މަދަނީ ޔުނިޓްތަކާ ގުޅުމަށް ރައްޔިތުންނަށް ހިތްވަރު ދީފައެވެ.

މީގެ އިތުރުން، ބެން-ގަވީރު ވަނީ މިފަދަ ހަމަލާތައްދޭ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރުމަށް އަލުން ގޮވާލާފައެވެ. އޭނާ ބުނީ ހަމަލާދޭ މީހުން ބޭނުންވަނީ ޖަލުގައި ދުވަސްތައް ހޭދަކުރަން ކަމަށާއި، އެހެންކަމުން އެމީހުން ހުއްޓުވޭނީ މަރުގެ އަދަބު ދީގެން ކަމަށެވެ. އިޒްރާއީލުގެ އަސްކަރީ ރޭޑިއޯއިން ބުނި ގޮތުގައި ހަމަލާދިން މީހާއަކީ މީގެ 10 އަހަރު ކުރިންވެސް އަސްކަރިއްޔާއާ ދެކޮޅަށް ހަރަކާތްތެރިވެގެން ޖަލަށްލާފައިވާ މީހެކެވެ.

މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 21 އިން ފެށިގެން އިޒްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި އޮޕަރޭޝަންގެ ސަބަބުން ޖެނީން، ނޫރު ޝަމްސް އަދި ތުލްކަރަމް ފަދަ ރެފިއުޖީ ކޭމްޕްތަކުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގާތްގަނޑަކަށް 50،000 ފަލަސްތީނު މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުން މިފަދަ ޖަމާއީ އަދަބު ދިނުމަކީ މަނާކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450