Ads by Stelco

ޚަބަރު

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަޙުނިޔާ ފޮނުއްވައިފި

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަޙުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ބޫޓާންގެ ދިދަ/ފޮޓޯ: ޕޮންޑް5

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ޑިސެމްބަރު 2025، 12:42

17 ޑިސެމްބަރު 2025، 12:42

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ބޫޓާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާރޒް، އެންޑް އެކްސްޓަރނަލް ޓްރޭޑް، ލިއޮންޕޯ ޑީ. އެން. ދުންގްޔެލް އަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި ބޫޓާންގެ ޚާރިޖީ ވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންތައްތަކުގަ އާއި ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ކަންތައްތަކުގައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ މިއާއެކު، ބޫޓާންގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި ބޫޓާންގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބޫޓާންގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450