Ads by Stelco

ޚަބަރު

މޫސުމީ ބަދަލުތަކަށް ކެތްކުރާ ގަލުފަރުތައް ރައްކާތެރިކުރުމަށް، ރާއްޖެއިން ދުނިޔޭގެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސުމީ ބަދަލުތަކަށް ކެތްކުރާ ގަލުފަރުތައް ރައްކާތެރިކުރުމަށް، ރާއްޖެއިން ދުނިޔޭގެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ޑިސެމްބަރު 2025، 02:30

14 ޑިސެމްބަރު 2025، 02:30

ދިވެހިރާއްޖެއިން، މޫސުމީ ބަދަލުތަކަށް ކެތްކުރާ ގަލުފަރުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ "ދަ ކްލައިމެޓް-ރެޒިލިއެންޓް ކޯރަލް ރީފްސް ކޮމިޓްމަންޓް" ގައި ސޮއިކޮށްފިއެވެ. މިއީ މިފަދަ ކަމަކަށް ދުނިޔޭގެ ފެންވަރުގައި ކުރެވުނު ފުރަތަމަ ވައުދެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވައުދުގައި ދިވެހިރާއްޖެއާއެކު ސޮއިކޮށްފައި ވަނީ އޮސްޓްރޭލިއާ އާއި ފިޖީން ކަމަށެވެ. އެގޮތުން. މި ތިން ޤައުމުން މި ވައުދުގައި ސޮއިކޮށްފައި ވަނީ، ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ (UNEA7) ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކުން ގެއްލުންލިބޭ ފަރުތައް ހިމާޔަތްކުރުމާއި، ޤައުމީ ސިޔާސަތުތަކާއި ރޭވުންތަކުގެ ތެރެއަށް ފަރުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނުމާއި، ފަރުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ވައުދުގެ ދަށުން ފަރުތައް ދެމެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ވެސް މަސައްކަތް ކުރެވޭނެއެވެ.

ދިވެހިރާއްޖެއަކީ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ފަރުތައް ހިމާޔަތްކުރުމަށް މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450