Ads by Stelco

ޚަބަރު

ދަޢުވަތުގެ މަސައްކަތް ކުރާ ޖަމްޢިއްޔާތަކަކީ ވަރަށް މުހިންމު ޚިދުމަތެއް މުޖުތަމަޢުއައް ފޯރުކޮށްދޭ ޖަމްޢިއްޔާތަކެއް: ވަޒީރު ޝަހީމް

ދަޢުވަތުގެ މަސައްކަތް ކުރާ ޖަމްޢިއްޔާތަކަކީ ވަރަށް މުހިންމު ޚިދުމަތެއް މުޖުތަމަޢުއައް ފޯރުކޮށްދޭ ޖަމްޢިއްޔާތަކެއް: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ޑިސެމްބަރު 2025، 01:16

14 ޑިސެމްބަރު 2025، 01:16

ދަޢުވަތުގެ މަސައްކަތް ކުރާ ޖަމްޢިއްޔާތަކަކީ ވަރަށް މުހިންމު ޚިދުމަތެއް މުޖުތަމަޢުއައް ފޯރުކޮށްދޭ ޖަމްޢިއްޔާތަކެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2025 ފެށުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގާތް ގުޅުމެއް ބޭއްވުންކަމަށާއި، މިގޮތުން ބާއްވަން ފެށުނު އަހަރީ ބައްދަލުވުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުވެސް ވުޒާރާއިން ޖަމްޢިއްޔާތަކަށް ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިގޮތުގައި ދެމިހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުންވަނީ ދީނީ އެއްބަވައިވަންތަކަން ޤާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތެއްކަމުގައި މި މަސައްކަތްވުން.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަހަރީ ބައްދަލުވުމުގައި ޖަމްޢިއްޔާތަކުން ދޭ ލަފާއާއި މަޝްވަރާއަކީ ވުޒާރާގެ މަސައްކަތްތަކަށް މުހިންމު ކަމެއްކަމަށާއި، ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ އުފަލާއެކީ ބަލައިގަންނާނެ ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވުޒާރާއިން ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އިއްޔެ ފެށުނު ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450