ދުނިޔެ
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފި
ޖަޕާނަށް އައީ 7.6 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް---
ފަރުދުން
08 ޑިސެމްބަރު 2025، 09:20
08 ޑިސެމްބަރު 2025، 09:20
ޖަޕާނުގެ އުތުރު ސަރަޙައްދަށް 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އަރާފާނެކަމުގެ އިންޒާރުދީފިއެވެ.
ޖަޕަނީސް މީޓިއޮރޮލޮޖިކަލް އެޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން މޫދާ ކައިރި ހިސާބުތަކަށް 40 ސެންޓިމީޓަރުގެ ސުނާމީއެއް އަރާފާނެކަމަށް ލަފާކުރެވެއެވެ.
އެ އެޖެންސީއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައި ވަނީ އައޮމޯރީ ކިޔާ ސަރަޙައްދެއްގެ އިރުމަތީ ފަރާތަށެވެ. އެއީ ޖަޕާނުގައި ވަކިން އޮންނަ ހޮއްކައިޑޫ ނަމަކަށް ކިޔާ ރަށާއި ކައިރި ހިސާބެކެވެ.
މި ހާދިސާއާ ގުޅިގެން ހަޗިނޯހޭގެ އައޮމޯރީގައި ހުރި ހޮޓަލެއްގައި ތިބި ބަޔަކަށް އަނިޔާތަކެއް ލިބިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޖަޕާނަށް ކުރިމަތިވެފައިވާ މި އުނދަގޫ ދަނޑިވަޅާއި ގުޅިގެން ޖަޕާނުގެ ޕްރައިމް މިނިސްޓަރ، ސަނޭ ޓަކައިޗީ، މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމެޖެންސީ ޓާސްކް ފޯސްއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި، އެ ޓީމުން މަސައްކަތް ކުރާނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމަށް ކަމަށެވެ. ޓަކައިޗީ ވިދާޅުވީ، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށެވެ.
މި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި ނިއުކްލިއަރ ޕްލާންޓުތަކުގެ ރައްކާތެރިން ބަލާފައިވާކަމަށް ވެސް، ކަމާ ގުޅޭ އިދާރާތަކުން ހާމަކުރެއެވެ.