ދުނިޔެ

ތައިލެންޑުގައި އަންހެނަކު މަރުވެފައިވާކަމަށް ނިންމައި ސަންދޯކަށް ލުމަށްފަހު އަންދާލުމަށް ގެންދަނިކޮށް ހޭލައިފި

ތައިލެންޑުގައި އަންހެނަކު މަރުވެފައިވާކަމަށް ނިންމައި ސަންދޯކަށް ލުމަށްފަހު އަންދާލުމަށް ގެންދަނިކޮށް ހޭލައިފި

ތައިލެންޑްގައި މަރުވިކަމަށް ނިންމާ އަންދާލަން އުޅުނު މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2025، 04:47

25 ނޮވެމްބަރު 2025، 04:47

ތައިލެންޑުގައި، މަރުވެފައިވާކަމަށް ބެލެވުނު 65 އަހަރުގެ އަންހެނަކު، އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށްދަނިކޮށް، ހޭލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އޭނާ އަލިފާނަށް ލުމަށް ތައްޔާރުވަމުން ދަނިކޮށް، ކަމަށާއި އޭނާ މަރުނުވާކަން އެނގުނީ ސަންދޯކުގެ ތެރެއިން ތަޅާ އަޑު އިވުމުންނެވެ. 

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗޮންތިރޮޓް ނަމަކަށް ކިޔާ މި އަންހެންމީހާ ވަނީ ދެ އަހަރު ވަންދެން އެނދުމަތިވެފައެވެ. ނޮވެމްބަރު 23 ވަނަ ދުވަހުގެ ހެނދުނު ފިޓްސަނޫލޮކް ޕްރޮވިންސްގައި ހުންނަ އޭނާގެ ގެއިން އޭނާ ހޭނެތިފައި އޮއްވާ ފެނުމުން، އާއިލާއިން ބެލީ އޭނާ މަރުވީ ކަމަށެވެ. އާއިލާއިން ވަނީ އޭނާ ހުދު ސަންދޯކަކަށް ލައި، ފަޤީރު އާއިލާތަކަށް ހިލޭ ޖަނާޒާގެ ކަންކަމާއި އަދި އަލިފާނަށް ލުމުގެ ޚިދުމަތް ދޭ ބެންކޮކް ކައިރީގައި ހުންނަ ފައްޅިއަކަށް 225 މޭލުގެ ދަތުރެއް ކޮށް އޭނާ ގެންގޮސްފައެވެ.

އެހެންނަމަވެސް، ފައްޅިއަށް ދިއުމަށްފަހު އަލިފާނަށް ލުމުގެ ތައްޔާރީތައް ފަށަން އުޅެނިކޮށް، އާއިލާގެ މީހުންނަށް ސަންދޯކުގެ ތެރެއިން މަޑުމަޑުން ތަޅާ އަޑު އިވުނެވެ. އަޑު އިވުމާއެކު ފޮށިގަނޑު ހުޅުވާލުމުން، އެތެރޭގައި އޮތް ޗޮންތިރޮޓް ހުރީ ތުރުތުރު އަޅާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭނާ ދިރިހުރިކަން އެނގުމުން އާއިލާގެ މެންބަރުން ތިބީ ހައިރާންކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޗޮންތިރޮޓްގެ 57 އަހަރުގެ ފިރިހެން ކޮއްކޮ މޮންގޮލް ބުނީ، އޭނާ މަރުވިކަމުގެ ލިޔެކިޔުންތައް ވެސް އެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް، "ކޮއްކޮ ދިރިހުރިތަން ފެނުމުން ވަރަށް އުފާވި" ކަމަށް މޮންގޮލް ބުންޏެވެ. މި ހާދިސާއަށްފަހު، ޗޮންތިރޮޓްއަށް އިތުރު ފަރުވާ ދިނުމަށް ވަނީ އޭނާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. މަރުވެފައިވާކަމަށް ނިންމައި އަލިފާނަށް ލުމުގެ ކުރިން ހޭލެވުނު މި ހާދިސާ އަކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައަކަށްފަހު ލިބުނު އުފަލެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން