ދުނިޔެ

އޭއައި ބުނާ ކޮންމެ އެއްޗަކަށް އިތުބާރު ނުކުރާތި : ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއި

އޭއައި ބުނާ ކޮންމެ އެއްޗަކަށް އިތުބާރު ނުކުރާތި : ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއި

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2025، 02:47

19 ނޮވެމްބަރު 2025، 02:47

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާލާތްތަކުން ދޭ މައުލޫމާތުތަކަށް  އިތުބާރު ނުކުރުމަށް ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއި ގޮވާލައްވައިފިއެވެ. ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ޗީފް އެގްޒެކެޓިވް، ސުންދަރު ޕިޗާއި މިކަން ހާމަކުރައްވާފައިވަނީ ދެއްވި ބަސްދީގަތުމެއްގައެވެ.

އޭނާ ވިދާޅުވީ، އޭއައި މޮޑެލްތަކަށް ގޯސް ހެދިދާނެތީ، މީހުން މި އާލާތްތައް ބޭނުންކުރަންވާނީ އެހެނިހެން ވަސީލަތްތަކާ އެކުގައެވެ. 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ގޫގުލްއިން ވަނީ އެ ކުންފުނީގެ ސަރޗް އިންޖީނާ އެކު އޭއައި މޯޑެއް ގުޅުވާލާފައެވެ. މި މޯޑު ބިނާކޮށްފައިވަނީ ޖެމިނީ އޭއައި ޗެޓްބޮޓްގެ މައްޗަށް ކަމަށްވާއިރު، މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް މާހިރެއްގެ ކިބައިން މައުލޫމާތު ހޯދާފަދަ ތަޖުރިބާއެއް ލިބިގެންދެއެވެ.

ޕިޗާއި ވިދާޅުވީ، އޭއައި އާލާތްތައް، މިސާލަކަށް ކްރިއޭޓިވް ލިޔުންތަކަށް ވަރަށް ފައިދާހުރި ނަމަވެސް، އެ އާލާތްތަކުން ދޭ ކޮންމެ ޖަވާބަކަށް ސުވާލު ނުކޮށް އިތުބާރު ނުކުރަން މީހުންނަށް ދޭހަވާން ޖެހޭނެ ކަމަށެވެ. "މީހުންނަށް ސައްހަ މައުލޫމާތު ދިނުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަމުން ދިޔަޔަސް، މިހާރުގެ އޭއައި ޓެކްނޮލޮޖީއަށް ގޯސް ހެދިދާނެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޓެކް ކުންފުނިތަކުގެ މެދުގައި އޭއައި އިން ލިބޭ އާމްދަނީ، ކޮންމެ ވަގުތެއްގައިވެސް ފަޅައިގެން ހިނގައިދާނެ ބަބުލެއް ފަދަ އެއްޗަކަށް ވެދާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ގޫގުލްއިން ވެސް މިފަދަ "އޭއައި ބަބުލެއް" ފަޅައިގެން ދިޔުމުގެ ނުރައްކާ އޮތްތޯ ސުވާލު ކުރުމުން ޕިޗާއި ޖަވާބު ދެއްވީ "އަޅުގަނޑުގެ ހިޔާލުގައި، އަޅުގަނޑުމެންގެ ކުންފުނި ވެސް ހިމެނޭ ގޮތަށް އެއްވެސް ކުންފުންޏެއް ރައްކާތެރިކޮށް ނެތް" މިހެންނެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޓަނެޓްގެ ކުރީގެ ދުވަސްވަރުތަކަށް ބަލާއިރު ބޮޑެތި އިންވެސްޓްތައް ކުރެވުނު ނަމަވެސް، މިއަދު އިންޓަނެޓްގެ އަގުވަޒަން ނުކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. "އޭއައިގެ ހާލަތުގައި ވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ މިފަދަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ޖޭޕީމޯގަންގެ ސީއީއޯ ޖޭމީ ޑައިމަން ވަނީ އެމެރިކާގެ ސްޓޮކް މާކެޓް، ގިނަ އިންވެސްޓަރުންނަށް ހީކުރެވޭ މިންވަރަށް ވުރެ ބޮޑަށް ކްރެޝްވުމުގެ ނުރައްކަލެއްގައިވާ ކަމަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އަންނަ 6 މަސް ނުވަތަ 2 އަހަރުގެ ތެރޭގައި މާކެޓް ކްރެޝްވުމުގެ ފުރުސަތު ބޮޑުކަމުން އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން