Ads by Stelco

ޚަބަރު

ދިވެހިރާއްޖެއިން އ.ދ. ގެ 'ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް' ގެ މެންބަރުކަން ހޯދައިފި

ދިވެހިރާއްޖެއިން އ.ދ. ގެ 'ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް' ގެ މެންބަރުކަން ހޯދައިފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ނޮވެމްބަރު 2025، 11:37

08 ނޮވެމްބަރު 2025، 11:37

ދިވެހިރާއްޖެއިން އ.ދ. ގެ 'ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް' (ކޮޕުއަސް) ގެ މެންބަރުކަން ހޯދައިފި އެވެ.

މި ކޮމިޓީއަކީ، ބޭރު ޖައްވު ޞުލްޙަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ޤައުމުތަކުގެ ދެމެދުގައި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ ކޮމިޓީއެވެ.

މި ކޮމިޓީގެ މެންބަރުކަން ހާޞިލްކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ބޭރު ޖައްވު ޞުލްޙަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީ އާއި، އީޖާދީ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެއެވެ. 

މީގެ އިތުރުން، ދިވެހިރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައި ހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މަޢުލޫމާތާއި ޑޭޓާ ގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ އިތުރުން ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް ވަނީ މި ކޮމިޓީގެ މެންބަރުކަން ހޯދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން