ދުނިޔެ

ގަލްފް ޤައުމުތަކުން ތަޢުލީމަށް ޚާއްސަކޮށް ޢަރަބި އޭއައި ތަރައްޤީކުރުމަށް މަސައްކަތް ފަށައިފި

ގަލްފް ޤައުމުތަކުން ތަޢުލީމަށް ޚާއްސަކޮށް ޢަރަބި އޭއައި ތަރައްޤީކުރުމަށް މަސައްކަތް ފަށައިފި

ގަލްފްގެ ޤައުމުތަކުގެ ބައްދަލުވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ނޮވެމްބަރު 2025، 06:19

07 ނޮވެމްބަރު 2025، 06:19

ހުލާސާ


ސަޢުދީ ޢަރަބިއްޔާގެ ނެޝަނަލް ސެންޓަރ ފޯރ އީ-ލާނިންގް ގެ ފަރާތުން، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތަކުގެ އީ-ލާނިންގް އޮފިޝަލުންގެ ކޮމިޓީގެ 24 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގަލްފް ޤައުމުތަކުގެ އެއްބާރުލުން އިތުރުކޮށް، ތަޢުލީމީ ނިޒާމުތައް ތަރައްޤީކުރުމެވެ.

ނޮވެމްބަރު 6 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޖީސީސީގެ ތަޢުލީމާ ބެހޭ ޑިރެކްޓަރގެ އިތުރުން، ޖީސީސީގެ ޤައުމުތަކުގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ޑީން ކަމާއި އީ-ލާނިންގް އޮފިޝަލުން ބައިވެރިވިއެވެ. އަދި ޑިޖިޓަލް ތަޢުލީމާއި އޭއައިގެ ދާއިރާގެ ގިނަ އަދަދެއްގެ މާހިރުން ވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އީ-ލާނިންގް ތަރައްޤީކުރުމަށް ގަލްފް ޤައުމުތަކުގެ އެއްބާރުލުން ވަރުގަދަކޮށް، ޑިޖިޓަލް ބަދަލުތަކާއި ތަޢުލީމީ އޭއައިގެ ދާއިރާގައި ތަޖުރިބާ ބަދަލުކުރުމަށް ހިތްވަރުދިނުމެވެ. މިއީ މުސްތަޤްބަލުގެ ޑިމާންޑްތަކާ އެއްގޮތަށް އީޖާދީ ތައުލީމީ ނިޒާމުތައް ތަރައްޤީކުރުމަށް ޖީސީސީ ޤައުމުތަކުން ކުރާ މަސައްކަތަށް އެހީތެރިވެދޭނެ ކަމެކެވެ.

ބައްދަލުވުމުގައި މައިގަނޑު ގިނަ މައުޟޫޢުތަކަށް އަލިއަޅުވާލެވުނުއިރު، އޭގެ ތެރޭގައި އޭއައިގެ ސްޓްރެޓީޖިކް ޓްރެންޑްތަކާއި، ތަޢުލީމުގައި އޭއައި ބޭނުންކުރުމުގެ ގަވަރނަންސް އަދި ތަޢުލީމީ މާހައުލުތައް ތަރައްޤީކުރުމުގައި އޭއައިގެ ޢަމަލީ ބޭނުން ހިމެނެއެވެ. ބައިވެރިން ވަނީ ސަޢަުދީ އަދި ގަލްފް ޔުނިވަރސިޓީތަކުގެ ތަޖުރިބާތައް ދިރާސާކޮށް، ތަޢުލީމުގައި ޒަމާނީ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ބާރުއަޅާ ރެގިއުލޭޓަރީ އޮނިގަނޑުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވަނީ އީ-ލާނިންގްގެ ދުނިޔޭގެ ކުރިއެރުންތަކާއި އަވަސް ބަދަލުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ގަލްފް ޤައުމުތަކުގެ ދެމެދުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ކޮމިޓީން ވަނީ ނެޝަނަލް ސެންޓަރ ފޯރ އީ-ލާނިންގް އިން ހުށަހެޅި، އޭއައި ބަލައިގަތުމާ ގުޅޭ ފައިނަލް ލަފާފުޅުތަކަށް ތާއީދުކޮށް، އެއީ ކޮމިޓީގެ ސްޓްރެޓެޖީތަކާ އެއްގޮތްވާ ރެފަރެންސް މޮޑެލްއެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.

އަދި، މަތީ ތަޢުލީމުގައި އީ-ލާނިންގް އަދި އޭއައި ނިޒާމުތަކަށް އެހީތެރިވެދިނުމަށް އެއްގަލްފް ބަހުގެ މޮޑެލެއް ތަރައްޤީކުރުމުގެ ހުށަހެޅުމެއް ވެސް މި ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ. މިއީ ގަލްފް ޤައުމުތަކުގެ ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުން އިތުރަށް ހަރުދަނާކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން