ދުނިޔެ

އިންޑޮނޭޝިޔާގެ މިސްކިތެއްގައި އެއްޗެއްގޮވައި ބަޔަކަށް އަނިޔާވެއްޖެ

އިންޑޮނޭޝިޔާގެ މިސްކިތެއްގައި އެއްޗެއްގޮވައި ބަޔަކަށް އަނިޔާވެއްޖެ

ހާދިސާ ހިނގި ސަރަހައްދުގައި އިންޑޮނޭޝިޔާ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ނޮވެމްބަރު 2025، 03:30

07 ނޮވެމްބަރު 2025، 03:30

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ މިސްކިތެއްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އެސަރަހައްދުގެ ފުލުހުން ބުނެފައިވަނީ މި ކަމުގެ ސަބަބުން އެތައް ބަޔަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.

 މި ހާދިސާ ހިނގާފައިވަނީ އުތުރު ޖަކާޓާގެ ކެލަޕާ ގާޑިންގްގައި ހުންނަ ސްކޫލް ކޮމްޕްލެކްސްއެއްގެ ތެރޭގައި ހުކުރު ނަމާދުގެ ޖަމާޢަތް ކުރިއަށްދަނިކޮށެވެ. 

ޖަކާޓާ ފުލުހުންގެ އިސްވެރިޔާ އަސެޕް އެޑީ ސުހޭރީ ވިދާޅުވީ ގޮވުމުގެ ސަބަބު އަދިވެސް ތަހުޤީޤު ކުރަމުންދާ ކަމަށެވެ. މަންޒަރުދުށް މީހުން ބުނި ގޮތުގައި މިސްކިތުގައި ޚުޠުބާ ދޭން ފެށި ވަގުތު ބާރު ދެ ގޮވުމެއްގެ އަޑު އިވުނުކަމަށެވެ.  ސުހޭރީ ވިދާޅުވީ 54 މީހުން، އޭގެ ތެރެއިން ގިނައީ ދަރިވަރުން ކަމަށާއި، ގިނަ ބަޔަކު ކުދި އަނިޔާ އިން ފެށިގެން ބޮޑެތި އަނިޔާ އާއި އަދި ފިހުންތަކާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 20 މީހުން އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. ސުހޭރީ ވިދާޅުވީ ހާދިސާ ހިނގި ތަނަށް ފޮނުވި އެންޓި-ބޮމް ސްކޮޑުން މިސްކިތާ ކައިރިން ކުޅޭ ރައިފަލްތަކަކާއި ކުޅޭ ބަޑިއެއް ހޯދައިފައިވާކަމަށެވެ.

 "ގޮވުމުގެ ސަބަބު ދެނެގަތުމަށް ފުލުހުން އަދިވެސް އެ ސަރަހައްދު ތަޙުޤީޤު ކުރަމުންދާނެ،" އޭނާ ވިދާޅުވިއެވެ. ލޯކަލް ނިއުސް ޗެނަލްތަކުން ދައްކާފައިވާ ފުޓޭޖްތަކުން ފެންނަނީ ސްކޫލް ވަށައިގެން ފުލުހުންގެ ރޮނގެއް ދަމާފައިވާ މަންޒަރާއި އެމްބިއުލާންސްތައް ހުރި މަންޒަރެވެ. މިސްކިތުގެ ފޮޓޯތަކުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ނުފެނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން