Ads by Stelco

ޚަބަރު

ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

ފުލުހުންގެ ރަސްމިއްޔާތެއް ހުޅުމާލޭގައި ކުރިއަށްދަނީ / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޮކްޓޯބަރު 2025، 10:21

30 އޮކްޓޯބަރު 2025، 10:21

ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން  ނިންމައިފިއެވެ.

ށ. މިލަންދޫގައި މަސައްކަތްކުރި މި ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމީ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާކުރި މައްސަލައެއްގައެވެ.

މިއީ ކޭޓަރިން ޚިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތުގައި މި އޮފިސަރުން ނެގި ފައިސާތަކެއްކަމަށް ވަނީ އެނގިފައެވެ. މިކަން ކޮށްފައި ވަނީ ކޮއްތު ހަމަޖައްސައިދޭން ކޮންޓްރެކްޓްކޮށްފައިވާ ފަރާތާއި ގުޅިގެން، އެ ފައިސާއަށް ޕޮލިސް ސްޓޭޝަންގައި ކެއުން ހަމަޖެއްސުމުގެ ބަދަލުގައި، ފައިސާ ލިބުމުން އެންމެންގެ މައްޗަށް ބަހާލައިގެންނެވެ.  

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ ކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ވަނީ ނިންމާފައެވެ.

ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ އޮފިސަރުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ފުލުހުންގެ ކެއުމުގެ ޚަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާއިރު، ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން