ދުނިޔެ
މި އަހަރުގެ ތެރޭގައި 1,850 އަށް ވުރެ ގިނަ ސުދާން ރައްޔިތުން މަރުވެފައިވެއްޖެ: އދ
ސޫދާންގައި ޙާލުގައި ޖެހިފައިވާ ކުއްޖެއް
މިއަހަރުގެ ތެރޭގައި 1850 އަށްވުރެ ގިނަ ސޫދާން ރައްޔިތުން މަރުވެފައިވާކަމަށް އދ.އިން ބުނެފިއެވެ.
އ.ދ. އިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުތުރު ދާފޫރުގައި 1,850 އަށް ވުރެ ގިނަ ސުދާން ރައްޔިތުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެލް-ފަޝަރ ސިޓީގައި 1,350 މީހުން ހިމެނެއެވެ.
ނަމަވެސް، ސުދާނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދަށް ވަނުމަށް ހުރަސްތަކެއް ހުރުމާއި، ކޮމިއުނިކޭޝަންގެ ގޮންޖެހުންތައް ހުރުމުގެ ސަބަބުން އަސްލު އަދަދު މިއަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
އ.ދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ވިދާޅުވީ، އެލް-ފަޝަރ އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ޤައުމުގެ ހަނގުރާމަވެރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް އިން މުއްދަތެއްގައި ހިންގަމުންދާ ވަރުގަދަ ޚިޞާރު ގެ ސަބަބުން ދިގުބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ކާނާގެ ދަތިކަމާއި، ބަލިތަކާއި، އަދި ހަމަނުޖެހުންތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް މީހުން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުޖާރިކް ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކާ ޚިލާފުވުންތަކުގެ ރިޕޯޓުތައް، ޚާއްސަކޮށް އެލް-ފަޝަރގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި ، އާންމު ރައްޔިތުންނާއި ރައްޔިތުންގެ ޢިމާރާތްތަކަށް އަމާޒުކޮށްދޭ ހަމަލާތަކާއި، ޖިންސީ ގޯނާގެ ޢަމަލުތަކާއި، ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ހިންގާ ހަމަލާތައް ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.
އަދި ވީ އެންމެ އަވަހަކަށް ޚިޞާރު ނިމުމަކަށް ގެނައުމަށާއި، ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އޭނާ ގޮވާލައިފައިވެއެވެ.
ސޫދާނަށް ހަތިޔާރާއި ހަނގުރާމަވެރިން ގެނައުން ކުރިއަށްދާކަން ފާހަގަކުރައްވާ ދުޖާރިކް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ތަވީލާ ސަރަހައްދަށް ފިލައިގެން ދަނީ، އަދި އެމީހުން އެތަނަށް އަންނަނީ ކާނާގެ ދަތިކަމާއި، ބަލިތަކާއި، ނުރައްކާތެރި ދަތުރުތަކުގެ ސަބަބުން ލިބިފައިވާ ނަފްސާނީ އަސަރުތަކާއެކުގައެވެ. ނުރައްކާތެރިކަން ބޮޑު ނަމަވެސް، އ.ދ. ގެ އެޖެންސީތަކާއި އެމީހުންގެ ބައިވެރި ޖަމްޢިއްޔާތަކުން ދަނީ ހިޔާވަހިކަމާއި ޞިއްޙީ ޚިދުމަތްތައް ފަދަ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވީ އެންމެ އަވަހަކަށް އަމަލުކޮށް، އާންމު ރައްޔިތުން ރައްކާތެރިކުރުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުތައް ހުޅުވާލުމަށް ޔަޤީންކުރަން ޖެހޭނެ. އަދި ދާފޫރުގެ އެކި ސަރަހައްދުތަކާއި ސުދާނުގެ އެހެން އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިކަން އިތުރުކުރަން ޖެހޭނެ.
ދުޖާރިކް ވިދާޅުވެފަވެފައިވެއެވެ.