ދުނިޔެ

އިސްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ލުބްނާންގެ ރައީސް އައުން އެމެރިކާއަށް ގޮވާަލައްވައިފި

އިސްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް  ލުބްނާންގެ ރައީސް އައުން އެމެރިކާއަށް ގޮވާަލައްވައިފި

އިސްރާއިލުން ލުބްނާނަށް ހަމަލާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޮކްޓޯބަރު 2025، 02:12

29 އޮކްޓޯބަރު 2025، 02:12

އިސްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ލުބްނާންގެ ރައީސް ޖޯސެފް އައުން އެމެރިކާއަށް ގޮވާލައްވައިފިއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން، އެމެރިކާގެ ޚާއްސަ މަންދޫބު މޯގަން އޮޓާގަސްއާ ވަނީބ ބައްދަލުކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ލުބުނާނާ ދެކޮޅަށް އިސްރާއިލުން ދޭ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައިފިއެވެ. އިސްރާއިލުން ވަނީ ފަހަކަށް އައިސް އުތުރުގެ އަވަށްޓެރި މި ޤައުމަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. ބެއިރޫތުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް އައުން ވަނީ އިސްރާއިލްގެ މިޢަމަލުތަކުގެ ސަބަބުން ލުބުނާނަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ލުބުނާނުގެ ރިޔާސީ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް އައުން ވަނީ އޮޓާގަސްއާ ވާހަކަ ދައްކަވަމުން، "ހަނގުރާމަ ހުއްޓާލުމުގެ މޮނިޓަރިން ކޮމިޓީގެ މަސައްކަތް ހަލުވިކުރުމުގެ މުހިންމުކަން" ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، އިސްރާއިލުން މިހާރުވެސް ދެމުންދާ ޤާނޫނާ ޚިލާފު ހަމަލާތައް ހުއްޓުވުމަށް މި ކޮމިޓީގެ ދައުރު މުހިންމުކަމަށް އައުން ވިދާޅުވިއެވެ. 

މި ކޮމިޓީގައި އެމެރިކާއާއި ފްރާންސް ވެސް ހިމެނޭ ހެން ފަސް މެންބަރުން ހިމެނެއެވެ. އޮޓާގަސް މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިސްރާއިލުން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ތަކުރާރުކޮށް ލުބުނާނަށް ހަމަލާދީފައެވެ. މި އެއްބަސްވުމަކީ އެއް އަހަރަށްވުރެ ގިނަ ދުވަހު ހިނގި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެކެވެ. 

ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަމައެކަނި އޮކްޓޯބަރު މަހުގެ ތެރޭގައި އިސްރާއިލްގެ ހަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އައުން ވަނީ އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ގެއްލުންވެފައިވާ ގެތައް މަރާމާތުކޮށް، ދެކުނުގެ ރައްޔިތުންނަށް އެމީހުންގެ ގެތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލައްވާފައެވެ. 

ޚާއްސަކޮށް، މިހާރު ފެށެމުން އަންނަ ފިނި މޫސުމަށް ވިސްނާލުމުން މިކަން މުހިންމުކަމަށް ވިދާޅުވިއެވެ.

އިސްރާއިލްްގެ ހަމަލާތައް ފަހަކަށް އައިސް އަމާޒުކޮށްފައިވަނީ ބިމުގެ މަސައްކަތްކުރާ މެޝިންތަކަށާއި ބުލްޑޯޒަރުތަކަށެވެ. ލުބުނާނުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މި ހަމަލާތަކުގެ މަޤްސަދަކީ ހަނގުރާމައިގެ ސަބަބުން ގެއްލުންވެފައިވާ ދެކުނުގެ ސަރަހައްދުގައި އަލުން ބިނާކުރުމުގެ މަސައްކަތް ހުއްޓުވުމެވެ. 

އިސްރާއިލުން ބުނަނީ އެމީހުން އަމާޒުކުރަނީ ހިޒްބުﷲ ޖަމާއަތަށް ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އ.ދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އޮފީހުން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށްފަހު އިސްރާއިލްގެ ސިފައިންގެ ހަމަލާތަކުގައި 111 އާންމު ރައްޔިތުން މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްފައެވެ.

އ.ދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ހޯމަ ދުވަހު ވިދާޅުވީ، އާދީއްތަ ދުވަހު ދެކުނު ލުބުނާނުގައި އ.ދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ދިން ހަމަލާއަކީ "ވަރަށް ނުރައްކާތެރި" އަމަލެއް ކަމަށެވެ.

 އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާގައި އިޒްރޭލުގެ ޑްރޯނަކުން ޕެޓްރޯލް ކުރަމުންދިޔަ ސަރަހައްދަކަށް ގްރެނޭޑެއް އެއްލާފައިވާއިރު، ކަފަރު ކިލާގެ ބޯޑަރު ކައިރީގައި ޓޭންކަކުން ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ވަނީ ހަމަލާދީފައެވެ. އިސްރާއިލުން އަދިވެސް ވަނީ ލުބުނާނުގެ ދެކުނުގެ ފަސް ސަރަހައްދެއް ހިފާފައި ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހަމަލާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން