ދުނިޔެ
ޕެރޫގެ ވެރިރަށުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި
ޕެރޫގައި ކުރެވުނު މުޒާހަރާތަކުގެ ތެރެއިން
ޕެރޫގެ ވަގުތީ ރައީސް ޖޯސް ޖެރީ އެ ޤައުމުގެ ވެރިރަށް ލިމާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާފިއެވެ.
މިއީ އެ ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ކުރީގެ ރައީސް މަޤާމުން ވަކިވުމަށްފަހު އަޅުއްވާފައިވާ ފިޔަވަޅެކެވެ.
އަންގާރަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ޖެރީ ވިދާޅުވީ މި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށެވެ.
"ހަނގުރާމަ ކާމިޔާބު ކުރެވެނީ ބަހުންނެއް ނޫން، ޢަމަލުން" ރައީސް ވިދާޅުވިއެވެ. ކުށްކުރުމާ ދެކޮޅަށް އާ އުކުޅުތަކެއް ގެންގުޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ސަރުކާރަށް ލިބިގެންދަނީ މަގުމަތީގައި ސިފައިން ސެކިޔުރިޓީ ބެލެހެއްޓުމުގެ އަމުރާ، އެއްވެ އުޅުމުގެ މިނިވަންކަން ހިފެހެއްޓުމުގެ ބާރެވެ. މީގެ އިތުރުން އެހެނިހެން އަސާސީ ހައްޤުތައްވެސް ހިފެހެއްޓިގެންދާނެއެވެ.
ޕެރޫގެ ކުރީގެ ރައީސް ދީނާ ބޮލުއާޓޭ ވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު ކުށްކުރުން އިތުރުވަމުން ދިޔުމާ ގުޅިގެން
މަގާމުން ވަކިކުރެވިފައެވެ. އޭގެ ފަހުން ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ޖެރީ ވިދާޅުވެފައިވަނީ އެމަނިކުފާނު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.