ދުނިޔެ

ހޮންކޮންގ ވައިގެ ބަނދަރުގެ ރަންވޭއިން ކާގޯ މަތިންދާބޯޓެއް ކައްސާލައި 2 މީހުން މަރުވެއްޖެ

ހޮންކޮންގ ވައިގެ ބަނދަރުގެ ރަންވޭއިން ކާގޯ މަތިންދާބޯޓެއް ކައްސާލައި 2 މީހުން މަރުވެއްޖެ

ކައްސާލި މަތިންދާބޯޓު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 06:24

20 އޮކްޓޯބަރު 2025، 06:24

ހުލާސާ


ހޮންކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކާގޯ މަތިންދާބޯޓެއް ލޭންޑްކުރުމުގެ ތެރޭގައި ރަންވޭއިން ކައްސާލައި، ސެކިއުރިޓީ ޕެޓްރޯލް ވެހިކަލްއަކާ ޖެހި، ދެ މުވައްޒަފަކު މަރުވެއްޖެއެވެ.

ހޮންކޮންގ އެއަރޕޯޓް އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ އޮފް އެއަރޕޯޓް އޮޕަރޭޝަންސް، ސްޓީވަން ޔިއު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ދުބާއިން އައި ބޯއިންގ 747 ކާގޯ މަތިންދާބޯޓް ހޯމަ ދުވަހުގެ ހެނދުނު 4:00 ގެ ކުރިން ލޭންޑްކުރުމުގެ ތެރޭގައެވެ.

ލޭންޑްކުރުމުގެ ތެރޭގައި މަތިންދާބޯޓް އުތުރު ރަންވޭއިން ބޭރުވެ، ފެންސް ތަޅާލައި، ސެކިއުރިޓީ ޕެޓްރޯލް ވެހިކަލްއަކާ ޖެހި، ދެ އުޅަނދުވެސް ވަނީ ކަނޑަށް ވެއްޓިފައެވެ. ޕެޓްރޯލް ވެހިކަލް އޮތީ ފެންސްގެ އަނެއްފަރާތުގައެވެ. ޕެޓްރޯލް ވެހިކަލްގައި އުމުރުން 30 އަހަރުގެ މީހަކު ވަނީ ހާދިސާ ހިނގި ތަނުގައި މަރުވެފައެވެ. އަދި 41 އަހަރުގެ އަނެއް މުވައްޒަފު ވަނީ ހޮސްޕިޓަލަށް ގެންދިއުމަށްފަހު މަރުވެފައެވެ.

އެމިރޭޓްސްގެ ފަރާތުން ބުނެފައިވާ ގޮތުގައި މި މަތިންދާބޯޓަކީ ޓަރކިޝް ފްރައިޓް ކެރިއަރ އޭސީޓީ އެއަރލައިންސްއިން ކުއްޔަށް ހިފައިގެން އެމިރޭޓްސްގެ ފަރާތުން އޮޕަރޭޓްކުރި މަތިންދާބޯޓެކެވެ. މަތިންދާބޯޓުގައި ތިބި ހަތަރު ކްރޫ މެންބަރުން ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ދުނިޔޭގެ އެންމެ ބިޒީ ކާގޯ އެއަރޕޯޓުގައި ހިނގި މި ހާދިސާއަކީ 1998 ގައި އެއަރޕޯޓް ހުޅުވުނު ފަހުން ހިނގި އެންމެ ސީރިއަސް ސަލާމަތީ ހާދިސާތަކުގެ ތެރެއިން އެކެވެ. އޮފިޝަލުން ބުނާ ގޮތުގައި ހާދިސާ ހިނގިއިރު މޫސުމާއި ރަންވޭގެ ހާލަތު ހުރީ ލޭންޑްކުރުމަށް ރައްކާތެރި ފެންވަރެއްގައެވެ. އަދި މަތިންދާބޯޓުން އެއްވެސް އިމަޖެންސީ ސިގްނަލެއް ފޮނުވާފައެއް ނުވެއެވެ. ހޮންކޮންގ ޕޮލިހުން ބުނެފައިވަނީ ކްރިމިނަލް ތަހުގީގެއް ހިންގުމުގެ ފުރުސަތު ބަންދުކޮށްފައި ނުވާ ކަމަށެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން