ދުނިޔެ

އެހީގެ ޓްރަކްތައް ޣައްޒާއަށް އެތެރެކުރުން ހުއްޓުވުމަށް އިސްރާއިލްގެ ޔަހޫދީންގެ މީހަކު ތުއްތު ކުއްޖަކު ސްޓްރޯލާއާއެކު ޓްރަކު ކުރިމަތީ ބަހައްޓައިފި

އެހީގެ ޓްރަކްތައް ޣައްޒާއަށް އެތެރެކުރުން ހުއްޓުވުމަށް އިސްރާއިލްގެ ޔަހޫދީންގެ މީހަކު ތުއްތު ކުއްޖަކު ސްޓްރޯލާއާއެކު ޓްރަކު ކުރިމަތީ ބަހައްޓައިފި

ޣައްޒާއަށް އެހީ ހިފައިގެން ވަންނަ ޓްރަކަށް އިސްރާއިލްގެ ޔަހޫދީޫން ހުރަސް އަޅަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2025، 07:37

17 އޮކްޓޯބަރު 2025، 07:37

އެހީގެ ޓްރަކްތައް ޣައްޒާއަށް އެތެރެކުރުން ހުއްޓުވުމަށް އިސްރާއިލްގެ ޔަހޫޫދީންގެ މީހަކު ތުއްތު ކުއްޖަކު ސްޓްރޯލާއާއެކު ޓްރަކު ކުރިމަތީގައި ބަހައްޓައި ހުރަސްއަޅައިފިއެވެ. 

ކަރަމް އަބޫ ސާލިމް ކްރޮސިންގ އަށް ވަދެވޭ މަގުމަތީގައި ފަލަސްޠީނުގެ ބިން ފޭރިގެން ތިބި އިސްރާއިލްގެ ރައްޔިތުންގެ ބަޔަކު  މިއަދު އެއްވެ، ޣައްޒާއަށް ކޮންމެހެން ބޭނުންވެފައިވާ އިންސާނީ އެހީ ވެއްދުން ހުއްޓުވުމަށް މަސައްކަތްކޮށްފިއެވެ. މި ގޮތުން އެހީގެ ޓްރަކެއްގެ ކުރިމަތީގައި ކުޑަކުއްޖެއްގެ ސްޓްރޯލާއެއް ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.

ދެ އަހަރު ދުވަހުގެ އިސްރާއީލްގެ ޤަޠުލްޢާންމުން އިންސާނީ އެހީ ބަންދު ކުރުމަށްފަހު، މިއަދު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ތަންފީޒުކުރަން ފަށާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބުނާ ގޮތުގައި، ދެ އަހަރުގެ ހަނގުރާމައަށްފަހު ބަނޑުހައިހޫނުކަމާއި ދަތިހާލު ކުޑަކުރުމަށް ބޭނުންވާ މިންވަރަށް އެހީ އަދިވެސް ފޯރުކޮށްނުދެވެއެވެ. ޔުނިސެފްގެ ސްޕޯކްސްޕަރސަން ރިކާޑޯ ޕައިރެސް ވިދާޅުވި ގޮތުގައި ހުރިހާ ކްރޮސިންގތަކެއް ހުޅުވަން ޖެހެއެވެ.

"ރަފާ ކްރޮސިންގ ބަންދުވެފައި އޮތް ވަގުތު ދިގުލައިގެންދާ ވަރަކަށް، ޣައްޒާގެ ރައްޔިތުންނަށް، ޚާއްޞަކޮށް ދެކުނުގައި ހިޖުރަކޮށްފައިވާ މީހުންނަށް ކުރިމަތިވާ ދަތިތައް އިތުރުވަމުންދާނެ،" ޕައިރެސް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީ ހިފަހައްޓައި، ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމުގެ ތުހުމަތު އިސްރާއިލްގެ މައްޗަށް ކުރެވެމުންދެއެވެ. އައިސީއާރްސީގެ ސްޕޯކްސްޕަރސަން ކްރިސްޓިއަން ކާޑޮން ވިދާޅުވި ގޮތުގައި މިހާތަނަށް ވަދެފައިވަނީ މަދު ޓްރަކްތަކެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން