ދުނިޔެ

އިސްރާއީލުން ޣައްޒާގެ ދަނޑުވެރިކަންކުރާ ބިންތައް ހަލާކުކޮށްލުމުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތީގެ އަގުތައް މައްޗަށް

އިސްރާއީލުން ޣައްޒާގެ ދަނޑުވެރިކަންކުރާ ބިންތައް ހަލާކުކޮށްލުމުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތީގެ އަގުތައް މައްޗަށް

ޣައްޒާގައި ތަރުކާރީ ވިއްކަން ބަހައްޓާފައިހުރި މޭޒެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2025، 06:22

17 އޮކްޓޯބަރު 2025، 06:22

ޣައްޒާގެ ދަނޑުވެރިކަމުގެ ބިންތައް އިސްރާއީލުން ހަލާކުކޮށްލައި، އެ ސަރަހައްދުތަކަށް ވަދެނުކުމެވޭ ގޮތް ހުއްޓުވާލުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ވަނީ މިހާތަނަށް ނުދެކޭފަދަ މިންވަރަކަށް މައްޗަށް ގޮސްފައިކަމަށް އދ. ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ (އަންރުވާ) އިން މިއަދު ފާހަގަކޮށްފިއެވެ.

އެކްސް ޕްލެޓްފޯމްގައި އަންރުވާން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޣައްޒާގެ ހުރިހާ ދަނޑުބިންތަކެއް ވަނީ ހަލާކުވެފައި ނުވަތަ އެތަންތަނަށް ވަދެވޭނެ ގޮތެއް ނެތް ހާލަތަކަށް ގޮސްފައެވެ. މީގެ ސަބަބުން އާއިލާތަކުގެ އާމްދަނީ ގެއްލި، ކާބޯތަކެތީގެ އަގުތައް ވަނީ މިހާތަނަށް ނުދެކޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ.

އަންރުވާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، "ކުރިން 60 ސެންޓަށް ލިބެމުންދިޔަ ޓޮމާޓޯ ކިލޯއެއްގެ އަގު މިހާރު ވަނީ 15 ޑޮލަރަށް އަރާފައި، އަދި އެއީވެސް ލިބޭނަމައެވެ." އަދި މިކަމުގެ ހައްލެއްގެ ގޮތުން އިންސާނީ އެހީތައް ހުއްޓުމެއްނެތި ޣައްޒާއަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދަނޑުވެރިކަމުގެ ސެކްޓަރއަށް ލިބިފައިވާ ގެއްލުމުގެ އަގު 2.8 ބިލިއަން ޑޮލަރަށްވުރެ މަތިވެއެވެ. އިސްރާއީލީ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 178,000 ދަނޑުބިމުގެ ތެރެއިން 94 އިންސައްތަ ދަނޑުބިން ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން އަހަރަކު އުފައްދަމުންދިޔަ 405,000 ޓަނުގެ އުފެއްދުންތެރިކަން ވަނީ 28,000 ޓަނަށް ދަށްވެފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން މިއަދު ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓުމަށްފަހު އެ ޕްރޮގްރާމަށް ޣައްޒާގެ ހުރިހާ ރައްޔިތުންނަށް 3 މަސްދުވަހުގެ މުއްދަތަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް އެ ޕްރޮގްރާމުގައި ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން