ދުނިޔެ

ޣައްޒާ އަލުން ބިނާކުރުމުގައި ތުރުކީވިލާތުން ބައިވެރިވާނެ: އުރްދުޣާން

ޣައްޒާ އަލުން ބިނާކުރުމުގައި ތުރުކީވިލާތުން ބައިވެރިވާނެ: އުރްދުޣާން

ރަޖަބް ޠައްޔިބް އޮރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2025، 08:11

09 އޮކްޓޯބަރު 2025، 08:11

ޣައްޒާ އަލުން ބިނާކުރުމުގައި ތުރުކީވިލާތުން ބައިވެރިވާނެ ކަމަށާއި، ހަނގުރާމަ ހުއްޓުވުމަށް ވެވޭ އެއްބަސްވުން ތަންފީޒުކުރޭތޯ ބެލުމުގެ މަސައްކަތުގައިވެސް ބައިވެރިވާނެ ކަމަށް ތުރުކީވިލަތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

އުރްދުޣާން ވިދާޅުވި ގޮތުގައި އިސްރާއީލުން ވަގުތުން ހަމަލާތައް ހުއްޓާލައި، އެއްބަސްވެފައިވާ ސަރަޙައްދުތަކަށް އަނބުރާ ދާންޖެހޭނެއެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުއްދަ ދޭންޖެހޭނެއެވެ.

ތުރުކީވިލާތުގެ ރިޔާސީ އޮފީހުގެ މުވާސަލާތީ ވުޒާރާގެ ވެރިޔާ، ބުރްހާން އަލްދީން ދޫރާން ވިދާޅުވި ގޮތުގައި ތުރުކީވިލާތުން ފަލަސްތީނުގެ ރައްޔިތުންނަށް ހުރިހާ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ޣައްޒާގައި ހިފަހައްޓާފައި ތިބި ބަންދީންގެ ހަށިތައް ހޯދުމަށް އެމެރިކާ، ޤަޠަރު، މިޞްރު އަދި އިސްރާއީލާއެކު މަސައްކަތްކުރާނެ ކަމަށް ތުރުކީވިލާތުގެ އިސް އޮފިޝަލެއް ރޮއިޓަރޒްއަށް މައުލޫމާތު ދެއްވާފައިވެއެވެ.

ދޫރާން އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާގައި ދެ އަހަރު ވަންދެން ދެމިގެންދިޔަ "ލަދުވެތި މަންޒަރު" ނިމުމަކަށް ގެންނަން ޖެހެއެވެ. އަދި ރައީސް އަރްދޫގާންގެ ލީޑަރޝިޕްގެ ދަށުން ތުރުކީވިލާތުން މި މަރުހަލާގައި އެ ޤައުމުގެ ޒިންމާ އަދާކުރަމުން ގެންދާނެއެވެ.

1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ދެ ދައުލަތުގެ ހައްލެއް ގެނައުމަކީ ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ދޫރާން ފާހަގަކުރެއްވިއެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން ގައްޒާގައި ހިންގަމުންދާ ޖަމާއީ މަރުގެ ހަނގުރާމައިގައި މިހާތަނަށް 67،194 މީހުން ޝަހީދުވެ، 169،890 މީހުން ޒަހަމްވެފައިވެއެވެ. މީގެ ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުން ޙިއްސާކުރެއެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން 460 ފަލަސްތީން ރައްޔިތުން، އޭގެ ތެރޭގައި 154 ކުޑަކުދިން ހިމެނޭ ގޮތަށް، ޝަހީދުވެފައިވެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން