ޚަބަރު
ޒަމާނީ މިސްކިތެއް ބިނާކުރުމަށް މާފަންނު ބޮޑުގެ ވަޤުތީ މިސްކިތް ތަޅާލަނީ!

މާފަންނު ބޮޑުގެ މިސްކިތް ހުރި ތަނުގައި ބިނާކުރާން ހަމަޖެހިފައިވާ ޒަމާނީ މިސްކިތުގެ ކުރެހުމެއް.

ފަރުދުން
09 އޮކްޓޯބަރު 2025، 05:16
09 އޮކްޓޯބަރު 2025، 05:16
ޒަމާނީ ފެންވަރުގެ ހިތްގައިމު މިސްކިތެއް ބިނާކުރުމަށްޓަކައި، މާފަންނު ބޮޑުގެ ވަޤުތީ މިސްކިޓް ތަޅާލުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވި ގޮތުގައި، މާފަންނު ބޮޑުގެ މިސްކިތް މި މަހުގެ 17ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ބަންދުކުރާނެއެވެ. އެއަށް ފަހު، އެތަނުގައި ހުރި ވަޤުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި إن شاء الله ނޮވެންބަރު 4ވަނަ ދުވަހު އެތަނުގައި އައު ޒަމާނީ މިސްކިތުގެ ބިންގައު އަޅާނެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މާފަންނު ބޮޑުގެ މިސްކިތް ހުރި ބިމުގައި މިހާރު ހުރީ ވަޤުތީ މިސްކިތެކެވެ. ވަޤުތީ މިސްކިތެއްގެ ގޮތުގައި އެތަން ބޭނުންކުރާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ. މި މަޝްރޫޢާ ބެހޭ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
📍 މާފަންނު ބޮޑުގެ މިސްކިތް pic.twitter.com/7lcIKcQM7m
— Ministry of Islamic Affairs (@MVIaffairs) October 9, 2025