ދުނިޔެ

ކޯފް ސިރަޕެއް ދީގެން 5 ކުއްޖަކު މަރުވި މައްސަލައެއް އިންޑިއާގެ ސަރުކާރުން ބަލަނީ

ކޯފް ސިރަޕެއް ދީގެން 5 ކުއްޖަކު މަރުވި މައްސަލައެއް އިންޑިއާގެ ސަރުކާރުން ބަލަނީ

ކޯފް ސިރަޕެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2025، 03:53

05 އޮކްޓޯބަރު 2025، 03:53

އިންޑިއާގެ މަދިޔަ ޕްރަދޭޝް އަދި ރަޖަސްތާން ސްޓޭޓްތަކުގައި ކޯފް ސިރަޕެއް ދީގެން އޯގަސްޓް މަހުގެ ފަހުން 5 އަހަރުން ދަށުގެ 9 ކުޑަކުދިން މަރުވެފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ.

އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއަރ މިނިސްޓްރީން މި ތަޙުޤީޤު ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. މިއީ ކޯލްޑްރިފް ކެއްސުމުގެ ސިރަޕްގެ ބެޗެއްގައި ނުރައްކާތެރި ކެމިކަލެއް ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ހުރިކަން ފާހަގަ ކުރެވުމާ ގުޅިގެންނެވެ. މި ސިރަޕް އުފައްދާފައިވަނީ އިންޑިއާގެ ދެކުނުގައިވާ ތަމިލްނާޑޫ ސްޓޭޓްގެ ސްރެސަން ފާމާއިންނެވެ.

މި ސިރަޕްގެ ސާމްޕަލްތަކުގައި ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. ޑީއީޖީ އަކީ އިންޑަސްޓްރިއަލް ސޮލްވެންޓްގައި ބޭނުންކުރާ ވިހަ މާއްދާއެކެވެ. މި މާއްދާ ކުޑަ މިންވަރަކުން ނަމަވެސް ހަށިގަނޑަށް ވަނުމުން މަރުވުމަށް މަގުފަހިވެދާނެއެވެ.

އެންމެ ގިނަ ކުދިން މަރުވެފައިވާ މަދިޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ މޯހަން ޔާދަވް ވިދާޅުވި ގޮތުގައި މި ސިރަޕް ވިއްކުން އެ ސްޓޭޓްގައި މަނާކޮށްފައިވެއެވެ. އަދި މި ސިރަޕް އުފައްދާ ކުންފުނީގެ އެހެން އުފެއްދުންތައްވެސް ވިއްކުން މަނާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާގައި އުފައްދާ ކޯފް ސިރަޕްތަކާ މެދު ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް އުފެދިފައިވެއެވެ. މީގެ ތެރޭގައި 2022 ވަނަ އަހަރު ގެމްބިއާގައި 70 އަށްވުރެ ގިނަ ކުދިން މަރުވި މައްސަލަވެސް ހިމެނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން