ދުނިޔެ
ސުމުދް ފްލޮޓިއްލާގެ މެމްބަރުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފަށައިފި

ފްލޮޓިއްލާ ފްލީޓްގައި ހިމެނޭ އުޅަނދެއް
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުން ހަމަލާދިނުމަށްފަހު ހައްޔަރުކުރި ސަތޭކަ އެތައް ބައިނަލްއަޤުވާމީ އެކްޓިވިސްޓުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފަށައިފިއެވެ.
އިންޓަނޭޝަނަލް ކޮމިޓީ ޓު ބްރޭކް ދަ ސީޖް އޮފް ޣައްޒާއިން ބުނީ، ހައްޔަރުކުރެވުނު މީހުން ވަނީ ހައްޔަރުކުރެވުނު ވަގުތުން ފެށިގެން ކެއުން ހުއްޓާލާފައިވާކަމަށެވެ. އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބައިނަލްއަޤުވާމީ ކަނޑުގައި މި ފްލޮޓިއްލާއަށް ހަމަލާދީ، 44 އުޅަނދާއި 50 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވި 450 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
މި ފްލޮޓިއްލާގެ މަޤްސަދަކީ ޣައްޒާއަށް ރަމްޒީ އެހީ ފޯރުކޮށްދިނުމާއި، އިސްރާއީލުން 17 އަހަރު ވަންދެން ޣައްޒާގެ ޚިޞާރުކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމެވެ. މި ބްލޮކޭޑްގެ ސަބަބުން 2.4 މިލިއަން ފަލަސްތީނު ރައްޔިތުން ވަނީ ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ތެލުގެ ދަތިކަން ތަހައްމަލުކުރަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި "ޕްރޮވޮކޭޝަން" ހުއްޓުވި ކަނޑުގެ ސިފައިންނަށް ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ތުރުކީވިލާތުން މިކަން ސިފަކޮށްފައިވަނީ "ޓެރަރިޒަމް" ގެ ގޮތުގައެވެ. އަދި ކޮލޮމްބިއާއިން ވަނީ އިސްރާއީލުގެ ޑިޕްލޮމެޓުން ބޭރުކޮށް، ވިޔަފާރީގެ އެއްބަސްވުމެއް މެދުކަނޑާލާފައެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ ހަމަލާއިން 1،200 އެއްހާ މީހުން މަރުވެ، 250 އަށްވުރެ ގިނަ މީހުން ވަގަށް ނެގުމަށްފަހު، އިސްރާއީލުން ދިން ޖަވާބީ ހަމަލާތަކުގައި 66،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ. އދ. ގެ އޭޖެންސީތަކުން ވަނީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ފެތުރެމުންދާ ކަމަށް އިންޒާރުދީފައެވެ.