ދުނިޔެ

ރޭ ފަތިހުން ފެށިގެން ޣައްޒާގައި 22 މީހުން ޝަހީދު ކޮށްލައިފައިވޭ

ރޭ ފަތިހުން ފެށިގެން ޣައްޒާގައި 22 މީހުން ޝަހީދު ކޮށްލައިފައިވޭ

ރައްކާތެރި ކަން ހޯދަން އެހެން ސަރަހައްދަކަށް ހިޖުރަ ކުރާ ބައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޮކްޓޯބަރު 2025، 04:21

03 އޮކްޓޯބަރު 2025، 04:21

ރޭގެ ފަތިހުން ފެށިގެން އިސްރާއިލްގެ ހަމަލާތަކުގައި 22 ފަލަސްތީނުން ޝަހީދުވެއްޖެއެވެ.

 މީގެ ތެރެއިން 16 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ އުތުރުގައި ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން މައުލޫމާތު ދީފައިވެއެވެ.

އެމަޖެންސީ އެންޑް ރެސްކިއު ސަރވިސްގެ ކަމާބެހޭ ފަރާތަކުން މައުލޫމާތު ދިންގޮތުގައި، ޣައްޒާ ސިޓީގެ ދެކުނުގައިވާ އަލް-ސަބްރާ ސަރަހައްދަށް އިސްރާއިލުން ދިން ހަމަލާއެއްގައި 6 މީހަކު ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

މެޑިސިންސް ސަން ފްރޮންޓިއާސް (އެމްއެސްއެފް) އިން ބުނެފައިވާ ގޮތުގައި، އެ ޖަމްއިއްޔާގެ މުވައްޒަފެއް ކަމަށްވާ އުމަރު އަލް-ހާޔިކް، ދެއިރު އަލް-ބަލާހުގައި އިސްރާއިލްގެ ހަމަލާއަކުން ޝަހީދުވެފައިވެއެވެ. އަދި އިތުރު 4 މުވައްޒަފުން ޒަޚަމްވެފައިވެއެވެ. މި ހަމަލާގެ ޝިކާރައަކަށްވި މުވައްޒަފުން އިންސާނީ އެހީގެ ޖަމްއިއްޔާގެ މުވައްޒަފުންކަން އަންގައިދޭ ހެދުން އަޅައިގެން ތިބިކަމަށް އެމްއެސްއެފްއިން ފާހަގަކޮށްފައިވެއެވެ.

އިސްރާއިލްގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން އަލް-ސަބްރާގައި ހުރި 4 ބުރީގެ އިމާރާތަކަށް ހަމަލާދީފައިވެއެވެ. އަދި އިސްރާއިލްގެ ކަނޑު އުޅަނދުތަކުން އަލް-ނުސެއިރާތް ގޮނޑުދޮށަށް ވެސް ހަމަލާދީފައިވެއެވެ. އިސްރާއިލްގެ އާޓިލަރީން ޣައްޒާ ސިޓީގެ ހުޅަނގު އަލް-ތައުރާ މަގުގެ އުތުރު ސަރަހައްދުތަކަށް ހަމަލާދެމުންދާކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކޮށްފައިވެއެވެ.

ޔޫއެން ރެފިއުޖީ އެޖެންސީ (އަންރުވާ) އިން ބުނެފައިވާ ގޮތުގައި، ދަތި އުނދަގޫ ހާލަތެއްގައި ދިހަހާސް ފަލަސްތީނުން ތަކުރާރުކޮށް ހިޖުރަކުރަން މަޖުބޫރުވެފައިވެއެވެ. އަދި ކާބޯތަކެއްޗާއި ބޯފެން ލިބުން ވަރަށް މަދުކަމަށް އެ އޭޖެންސީން ފާހަގަކޮށްފައިވެއެވެ. އިންސާނީ އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އަންރުވާއިން ގޮވާލާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން