ދުނިޔެ

އިސްރާއީލަށް ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިންކާރުކޮށްފި

އިސްރާއީލަށް ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިންކާރުކޮށްފި

ހޮލެންޑްގެ ޚާރިޖިއްޔާގެ ބޭރުގައި މުޒާހަރާކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޮކްޓޯބަރު 2025، 04:13

03 އޮކްޓޯބަރު 2025، 04:13

ހުލާސާ


އިސްރާއިލަށް ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ނެދަލޭންޑްސްގެ ސްޕްރީމް ކޯޓުން އިންކާރުކޮށްފިއެވެ. 

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ އިސްރާއީލަށް ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ނުނިންމާ ކަމަށެވެ. ނަމަވެސް އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ސިޔާސަތު މުރާޖަޢާ ކުރުމަށް ސަރުކާރަށް 6 ހަފްތާގެ މުއްދަތެއް ދީފައިވެއެވެ.

މިދިޔަ އަހަރު ދަށު ކޯޓަކުން އެފް-35 ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވެއެވެ. ކޯޓުން ބުނެފައިވަނީ މި ބައިތައް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ބޭނުންކުރެވިދާނެ ކަމުގެ ފުރުސަތު އޮތްތޯ ސަރުކާރުން އަމިއްލައަށް ވަޒަންކުރަންޖެހޭނެ ކަމަށެވެ.

މި މުރާޖަޢާ ކުރުމަށް ދީފައިވާ 6 ހަފްތާގެ މުއްދަތުގައި ހަނގުރާމަވެރި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން ވަގުތީގޮތުން މަނާކުރެވިފައި އޮންނާނެއެވެ. މިއީ ފަލަސްތީނުގެ އަދި ނެދަލޭންޑްސްގެ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ހުށަހެޅި މައްސަލައެކެވެ.

މި ޖަމްޢިއްޔާތަކުން ބުނެފައިވަނީ ނެދަލޭންޑްސްއިން ޖެނީވާ ކޮންވެންޝަނާއި “ޖެނޮސައިޑް” ހުއްޓުވުމުގެ މުޢާހަދާގެ ދަށުން އޮތް ޒިންމާތަކާ ޚިލާފުވަމުންދާ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑްގައި ނެދަލޭންޑްސްގެ ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލަ ކޯޓުގައި ހިނގަމުންދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ނެދަލޭންޑްސްގެ ސިޔާސީ މަޝްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލާ މެދު ފިޔަވަޅު ނޭޅުމާ މެދު ހިތްހަމަނުޖެހިގެން ބައެއް ވަޒީރުން އިސްތިއުފާ ދީފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން