ދުނިޔެ

ގްލޯބަލް ސުމޫދު ފްލޯޓިއްލާ އިސްރާއިލުން ހުއްޓުވުމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މުޒާހަރާ ކުރަނީ

ގްލޯބަލް ސުމޫދު ފްލޯޓިއްލާ އިސްރާއިލުން ހުއްޓުވުމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މުޒާހަރާ ކުރަނީ

މެލޭޝިޔާގައި ކުރިއަށް ގެންދިޔަ މުޒާހަރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޮކްޓޯބަރު 2025، 03:50

03 އޮކްޓޯބަރު 2025، 03:50

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ "ސްޓެޑްފާސްޓް ފްލީޓް" އިސްރާއީލުން ހުއްޓުވާލުމާ ގުޅިގެން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފެށިގެން އިޓަލީގެ ވެރިރަށް ރޯމާއާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖީ މުޒާހަރާތައް ފަށައިފިއެވެ. 

ކުއާލަލަމްޕޫރުގައި ކުރި މުޒާހަރާގައި އެމެރިކާގެ އެމްބަސީ ކައިރީގައި ފުލުހުންނާއި މުޒާހަރާކުރި ފަރާތްތަކާ ދެމެދު ޖެހުންތަކެއް ހިނގާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި އައަރލެންޑްގެ ފޮރިން މިނިސްޓަރ ސައިމަން ހެރިސް މިއަދު އިސް ދިޕްލޮމެޓުންނާއެކު ބައްދަލުވުމެއް ބާއްވައި، "ސްޓެޑްފާސްޓް ފްލީޓް" އާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

އިސްރާއީލުގެ ކަނޑުގެ ސިފައިން އިއްޔެ ސުމޫދް ގައި ހިމެނޭ 40 އުޅަނދު ހުއްޓުވާލައި، އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި 22 އައަރލެންޑް އެކްޓިވިސްޓުން ހިމެނެއެވެ. އިސްރާއީލުގެ ނޫސް "ޔެދިއޯތް އަހަރޯނޯތް" އިން ބުނެފައިވަނީ ޑިޕޯޓޭޝަން އޯޑަރުގައި ސޮއިކުރާ އެކްޓިވިސްޓުން ޔޫރަޕަށް ފޮނުވާލަން ފަށާފައިވާ ކަމަށެވެ.

ގްރީސްގެ ޕިރިއަސް ބަނދަރުގެ މަސައްކަތްތެރިން 24 ގަޑިއިރުގެ ހުއްޓުވުމެއް ފަށައި، އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވެއެވެ. އިޓަލީގައި ވެސް އާންމު ހުއްޓުވުމެއް ފެށި، ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ މަސައްކަތްތައް ހުއްޓާލާފައިވެއެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ތަޢުލީމީ ދާއިރާގެ ޔޫނިއަންތަކުން ވަގުތީ ހުއްޓުވުމެއް ގެނެސް، ސްކޫލުތަކާއި ޔުނިވަރސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް ހަރަކާތްތައް ހިންގުން މަނާކުރި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވެއެވެ. މި ހުއްޓުވުމުގައި ހެނދުނާއި ހަވީރު އިހުތިޖާޖީ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން