Ads by Stelco

ޚަބަރު / ކުޅިވަރު

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް މުޢިއްޒު ބައްލަވާލެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 10:45

02 އޮކްޓޯބަރު 2025، 10:45

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުންދާ ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މަޢުލޫމާތު ހޯއްދަވައި، މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު ސާފުކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ މި ސްޓޭޑިއަމްގައި ޒަމާނީ ވަސީލަތްތަކާއެކު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި ކުޅިބަލާ ސަރަޙައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަޙައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނަރ، ޖިމް، ޓެރަސް، މަލްޓިޕަރޕަސް ހޯލް އަދި ކޮންފަރަންސް ރޫމް ހިމެނެއެވެ.

މި ސްޓޭޑިއަމްގެ މަސައްކަތް ފުރިހަމަވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަޤުވާމީ މުބާރާތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމުވެގެންދާނެއެވެ. އަދި މިއީ މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ތަރައްޤީއެއް ކަމުގައި ފާހަގަކުރެވެއެވެ.

އަދުގެ ސަރުކާރުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވަޢުދުފުޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން