Ads by Stelco

ޚަބަރު / ކުޅިވަރު

އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 08:14

02 އޮކްޓޯބަރު 2025، 08:14

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ މިއަދު އަޅައިފިއެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމްއެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ކުޅިވަރު ވުޒާރާގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ސްކޭޓަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އެރީނާގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ. މިއީ ރާއްޖޭގެ ސްކޭޓަރުންގެ ވަރަށް ދުވަސްވީ ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދާ މަންޒަރެކެވެ.

ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ދުއްވުންތެރިން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތަކެއް ހޯދަމުންނެވެ. މި އެރީނާ ނިމުމުން ރާއްޖޭގެ ސްކޭޓަރުންނަށް އިތުރު ހުނަރުތައް ދަސްކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މި އެރީނާއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިތަން ވެގެންދާނީ ޒުވާނުންނަށް އިތުރު ހިތްވަރަކަށާއި، ކުޅިވަރުގެ ރޮނގުން ރާއްޖެ އިތުރަށް ކުރިއަރުވާނެ މުހިންމު ވަސީލަތަކަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން