ދުނިޔެ

އިސްރާއިލުން އެންމެ ފަހުގެ އިންޒާޜު ކަމަށް ބުނެ ޣައްޒާއިން މީހުން ފޭބުމަށް އިންޒާރުދީފި

އިސްރާއިލުން އެންމެ ފަހުގެ އިންޒާޜު ކަމަށް ބުނެ ޣައްޒާއިން މީހުން ފޭބުމަށް އިންޒާރުދީފި

ޝަހީދެއްގެ އާއިލާގެ މެމްބަރަކު އޭނާގެ ހަށިގަނޑާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 04:15

02 އޮކްޓޯބަރު 2025، 04:15

އިސްރާއިލުން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ޣައްޒާއިން ނުފައިބާ ތިބި ޣައްޒާގެ ރައްޔިތުންނަށް ޣައްޒާ ހުސްކުރުމަށް އެންމެފަހުގެ އިންޒާރުދީފިއެވެ.

މިއިންޒާރާއެކު އިސްރާއިލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ފަތިހުން ފެށިގެން ގިނަ ހަމަލާތަކެއް ދީ މަދުވެގެން 20 މީހަކު ޝަހީދުކޮށްލައިފައިވެއެވެ. 

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އެކްސް ގައި، ޣައްޒާ ސިޓީގައި ދެމިތިބޭ އެންމެން "ޓެރަރިސްޓުންނާއި ޓެރަރިޒަމަށް އެހީތެރިވާ ފަރާތްތަކުގެ" ގޮތުގައި ބެލެވޭނެ ކަމަށް ބުނެފައެވެ. ޣައްޒާ ސިޓީއަށް އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ދުވާލަކު މަރުވަމުންދާއިރު، ގިނަ އަދަދެއްގެ އިމާރާތްތަކާއި ސްކޫލްތައް ވަނީ ފުޑުފުޑުވެފައެވެ.

އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހުމޫދު ވިދާޅުވި ގޮތުގައި، އިސްރާއީލު މިލިޓަރީން ވަނީ ރައްޔިތުން އެ ސަރަހައްދުން ފުރައިގެން ދިއުމަށް އަމުރުކުރުމަށްފަހު، ހެލިކޮޕްޓަރުތަކާއި ޑްރޯންތަކާއި ޓޭންކުތަކުން އެ މީހުންނަށް އަމާޒުކޮށް ހަމަލާދީފައެވެ. މިކަމުގެ ސަބަބުން ވަނީ ބިރުވެރިކަމާއި ހާސްކަން އުފެދިފައެވެ.

ބުރާސްފަތި ދުވަހު، ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ އަންސާރު ސަރަހައްދުގައި އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ކުޑަކުއްޖަކު ޝަހީދުވެފައިވެއެވެ. އަދި ޣައްޒާގެ މެދުތެރޭގައި ވަގުތީ  ބޯ ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނަށް އިސްރާއީލުން ދިން ހަމަލާއެއްގައި 9 މީހުން ޝަހީދުވެ 13 މީހުން ވަނީ ޒަޚަމްވެފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ވަނީ ޣައްޒާ ސިޓީގައި ކުރަމުން އައި މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ދެއިރު އަލް-ބަލަހް އަދި ރަފާހުގައި ހުރި އެ ޖަމްއިއްޔާގެ އޮފީސްތަކުން ހާލަތު ތަންދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން