Ads by Stelco

ޚަބަރު

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހަންކެޑެ ތަރައްޤީކުރުން އަވަސްކުރެއްވުމަށް ރައީސް ނިންމަވައިފި

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހަންކެޑެ ތަރައްޤީކުރުން އަވަސްކުރެއްވުމަށް ރައީސް ނިންމަވައިފި

ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ތަސްވީރެއް. --

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 09:08

01 އޮކްޓޯބަރު 2025، 09:08

އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެނުވާނެކަމަށް ބެލެވޭ ހަންކެޑެ ތަރައްޤީކުރުން އަވަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި މަސައްކަތް އަވަސްކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް ނިންމި ނިންމުން ބަދަލުކޮށްފައެވެ.

އެ ނިންމެވުމަކީ 2 ޑިސެންބަރު 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އޭރުގެ ރައީސް، އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ނިންމެވި ނިންމެވުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު މިވަނީ އެކަން ބަދަލުކޮށް، އެ މަޝްރޫޢު އަވަސްކުރުމުގެ މަޤުސަދުގައި އިތުރު ބަދަލު ވެސް ގެނަސްފައެވެ.

އަދި އާ މަޝްރޫއެއް ހިންގުމަށްޓަކައި އެ ރަށް ވަނީ، އެ ޤަރާރުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައެވެ.

ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައި ވެއެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން